އިރާޤުގެ ވެރިރަށް ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރިއަށް ރޮކެޓް ހަމަލާތަކެއް ދީފިއެވެ.

އިރާޤުގެ އޮފިޝަލުންނާއި ހަވާލާދީ އޭއެފްޕީ އިން ބުނީ ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރިއަށް މިރޭ މިހާތަނަށް ފަސް ރޮކެޓް ހަމަލާއެއް ދީފައިވާކަމަށެވެ.

ރޮކެޓް ހަމަލާތައް އަމާޒުވާން ފެށުމާއި އެކު އެމެރިކާގެ އެމްބަސީ ހުންނަ ސަރަހައްދުގައި ހުރި އިންޒާރުދޭ އާލާތްތައް ވަނީ އެކްޓިވޭޓް ވެފައެވެ. އެސަރަހައްދުތަކުގެ މީހުން ރައްކާތެރި ސަރަހައްދުތަކަށް ގޮސް، ބަންކަރުތަކުން ހިމާޔަތް ހޯދުމަށް އެސަރަހައްދުގައި ހުންނަ އެލާމް ސިސްޓަމުން ވަނީ އަންގާފައެވެ.

މިމަހުގެ ކުރީކޮޅު އެމެރިކާ އިން ދިން ހަމަލާއެއްގައި އީރާންގެ އަސްކަރީ ޖެނެރަލް ޣައްސާމް ސުލައިމާނީ އަވަހާރަކޮށްލި ފަހުން އިރާޤުގައި ހުންނަ އެމެރިކާ އެމްބަސީ އަށް އަމާޒުކޮށް ރޮކެޓް ހަމަލާތައް ދިނުން ވަނީ އާއްމު ކަމަކަށް ވެފައެވެ. ނަމަވެސް މިހަމަލާތައް ދެނީ ކޮންބައެއްކަން ދެނެގަނެވިފައެއް ނުވެއެވެ.

ބެލެވޭ ގޮތުގައި މިހަމަލާތައް ދެނީ އިރާޤުގައި ތިބި އީރާނަށް ތާއިދުކުރާ ހަނގުރާމަވެރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޔޫތް

    ކިހާ ދެރަކަމެއް މިއީ.. ޑައިރެކްޓް ކޮއް އެ ތަނަށް ރޮކެޓް އަރުވާ ބަލަ..އަބަދުވެސް ކޮންމެވެސް ރޮކެޓެއް ކައިރިއަށް އަރުވައި ފިޔޯ..

  2. ިހިއްވަރު

    ޖެނަރަލް ގާސިމް ސުލައިމާނީ މަރާލީމާ މަހީކުރީ އެމަރިކާ ގެ އަޖަލު ޖެހުނީކަމައް.. މަ މިހާރު ފޫހި ވެއްޖެ އީރާން މަތިން.. އެމަރިކާ ގެ ދެ ބޭހައް ހަމަލާ ދިނީ އެންމެ އާދައިގެ މިސައިލު ތަކުން ކީކޭ ބުނާނީ؟ މަހީ ކޮށް ގެން ހުރީ އީރާނުން ބިޔަ މިސައިލް ތައް ފުނުވާ އެމަރިކާ ގެ ދެ ބޭސް ބިމަށް ތިރި ކޮއް އީރާނުގެ ތިބި ހުރިހާ އެމަރިކާ ސިފައިން ސަންދޯކައް ލާނޭ ކަމަށް....

    5
    2
  3. ގަރުނުގެޖޯކް

    އަބަދުވެސް އެމެރިކާ އެމްބަސީ ކައިރިޔަށް ރޮކެޓެއް. ރޮކެޓަށް އެނގެނީކަން ނޭނގެ، އެމެރިކާ އެމްބަސީ ފެންނައިރަށް އެތަނަށް ވެއްޓެން ނުވާނެކަން. އިރާގުގައި އެމެރިކާ މީހުން ތިބެންވެގެން ޖަހާހައި މަޅި. އަދާވާތްތެރި ބަޔަކު ގެއްލުމެއް ދޭން ކުރާނަމަ ތިޔައިން ރޮކެޓެއް އެމްބަސީއަށް އަރާނެ. އަބަދަކު ކައިރިޔަކަށް ނުވެއްޓޭނެ.

    3
    1