ސޮލޮމަން އައިލެންޑްސްއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

6.3 މެގްނެޓިއުޑް ބާރުމިނުގައި 17.7 ކިލޯ މީޓަރު އަޑިއަށް އައި މި ބިންހެލުމާއި އަސަރު ކޮންމެވެސް ވަރަކަށް ކުރިއެވެ.

ސޮލޮމަން އައިލެންޑްސްގެ ވެރިރަށް ހޮނިއަރާ އާ މާ ދުރު ނޫން ހިސާބަކަށް މި ބިންހެލުން އައިއިރު، ޔޫއެސްގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ، މި ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ސޮލޮމަން އައިލެންޑްސް ޓުއަރިޒަމް މާކެޓިންގ ޓީމް ލީޑަރު ވިދާޅުވިގޮތުގައި، އެ ބިންހެލުމަކީ ބޮޑު ބިންހެލުމެއް ނޫނަސް، އޭގެ އަސަރު ކޮންމެވެސް ވަރަކަށް ކުރި އެވެ. އެގޮތުން ކޮންމެވެސް ވަރަކަށް އޮފީސް ތެރެ ހެލުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ބިންހެލުމުގައި ހޮނިއަރާ އަށް ގެއްލުމެއް ލިބުނު ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ.

އެ ބިންހެލުމުގެ އަސަރު 23000 މީހުންނަށް ކުރި ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާމިލު

    ބަލާބަލަ ގއ.ވިލިގިއްޔަށް ލޮޅުމެއް އެރިތޯ.. ހެހެހެ..

    1
    1
  2. ނީމޯ

    ވެރިކަން ބަދަލުވާކަމުގެ ނިސާނެއް