ދުނިޔޭގެ ހުރިހާ ގައުމަކަށް މިހާރު ކުރިމަތިވެފައި އޮށް އެންމެ ބޮޑު ކަންބޮޑުވުމަކީ ޗައިނާގެ ވުހާން ސިޓީން ފެތުރެން ފެށި ކޮރޯނާވައިރަސް އެވެ. މި ވައިރަސް އާއި ގުޅިގެން ސައިންސްވެރިން ބުނެފައިވަނީ، އެ ވައިރަސް ފެތުރިފައިވަނީ ވާލު ސޫޕެއްގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް ބައެއް ފަރާތްތަކުން ބުނެފައިވަނީ އެ ވައިރަސް ފެތުރިފައިވަނީ ހަރުފައެއްގެ ސަބަބުން ކަމަށެވެ. މި ދެގޮތަށްވެސް މި ވައިރަސް ޖެހުމަށް މަގުފަހިވެގެން ހިނގައިދާނެއެވެ.

މި ވައިރަސް އެންމެ ފުރަތަމަ ޖެހުނީ ވުހާންގެ މަސް މާރުކޭޓެއްގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށެވެ. އެ މާރުކޭޓު ތެރޭގައި ގިނަ އަދަދަކަށް ވާލު ސޫޕު ވިއްކައެވެ.

މިހާލަތަށް ދުނިޔެ ގޮސް، އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް ހާސްކަމެއްގެ ތެރޭގައި ތިބި ދަނޑިވަޅެއްގައި މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑީއޯ އިން ފެންނަނީ ޗައިނާގެ ރެސްޓޯރެންޓެއް ތެރޭގައި އަންހެންކު ވާލު ސޫޕރެކާ މަންޒަރެވެ. އަދި އަނެއް ވީޑިއޯ އިން ފެންނަނީ ވާލު ސޫޕު ތައްޔާރު ކުރާ މަންޒަރެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ދާދިފަހުން ވަނީ މިފަދަ ޖަނަވާރުންނާއި ކައިރި ނުވެ އަދި އެފަދަ ޖަނަވާރުން ކައި ނޫޅުމަށްވެސް އިލްތިމާސް ކޮށްފައެވެ.

ނުރައްކާތެރި މި ވައިރަސް މީހަކަށް ޖެހުނު ނަމަވެސް، މިއީ ގައިން ގަޔަށް އަރާ ވައިރަސް އެއް ކަމުން އެހެން މީހުންނަށްވެސް ނޭނގި ހުރެ ވައިރަސް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުވެއެވެ.

މި ބަލި ޖެހިގެން ޗައިނާ އިން މިހައިތަނަށް 81 މީހަކު މަރުވެފައި ވާއިރު 2700 އަށް ވުރެން ގިނަ މީހުން ވަނީ މިވައިރަސް އަށް ޕޮސިޓިވް ވެފައެވެ. އަދި މިވައިރަސް ދަނީ ހަލުވި ކަމާއި އެކު ދުނިޔޭގެ އެހެން ގައުމުތަކަށްވެސް ފެތުރެމުންނެވެ.

https://youtu.be/c1rjNb6NWxc

 

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ފެނިފާ

    އައްޗީ މަ ހޮޑު ލަވާ ގަނެއްޖެ.. ކީކޭ ބުނާނީ ކާނެ އެއްޗެއް ނުލިބުނީތަ މި މުއްސަނދި ޗައިނާ އަށް....

    69
    4
  2. މާމިގިލީ މީހާ

    ރާއްޖޭއިން ވެސް ވާލު ސޫޕް ލިބޭ ނަމަ. ވާލައް ބަޑި ޖެހުމައް ވުރެ ރަނގަޅު ވާނީ ވާލު ސޫޕް ކެއްކީޔާ. ސަރުކާރުން ޗައިނާ ސެފުން ގެނޭ ބަލަ.

    12
    61
    • ހުސޭނުބޭ

      ވާލު ސޫޕަށްވުރެ މާ ވަރުގަދަ އެއްޗެތި ބޮއިގެން ރައްޔިތުން މަޖިލީހުގައި އެތިބަ ތަޅާ އަނގަ ނިކަން އަޑުއަހާލަބަލަ!

      86
      6
  3. XD

    މިހާރު ތި ވާލު ސޫޕެއް މަތިން ހަނދާންވެގެން ކާން އިންނަގަޑީގައި ނުވެސް ކެވޭ ފަކުރުން.

    54
    3
  4. މޮޔަގެރި

    މިކަހަލަ ވީޑިއޯތައް ނުގެނެސް ދިނުން އެދެން.. >.<

    43
    8
    • އާދަނު

      މިކަހަލަ ވީޑިއޯ ނުބެލުންއެދެން

  5. ޙުސޭން

    ޗައިނާގެ ޖަނަވާރު ވިއްކާ މާކެޓް މަ ދުށިން. އެއްގަމު ހުރިހާ ޖަނަވާރެއްވެސް އެމީހުންކައި. ހަމައެކަނި ކޮންމެ އަހަރަކު އޮންނަ ކުއްތާ ފެސްޓިވަލައް ޖައްސާލިޔަސް ކޮސްވާވަރު. ޙުރިހާ ވައްތަރެއްގެ ސޫއްޕެއްވެސް އެތާހުރޭ، ބިޗޫ، ކުރަފި، ސްކޯޕިއަން، ފާޑު ފާޑުގެ ފުޅަ. ދޫނި ސޫފާސޫފީގެ ތެރޭވެސް ނުކާނީ މަދު އެއްޗެއް. ގަޓުހުރިއްޔާ އެއިން މާރުކޭޓެއްގަ ކެއްކޮށްލެވޭނީ.

    37
    1
  6. ފޫހިވޭ

    މޭނުބަ އި ކޮ އްފަ ހޮޑުލެވޭ ތި ވީޑި އޯ އެ އްފެނުނު ފަހުން... މާބަނޑު ދުވަސްވަރުވެސް މިވަރަކަށް މޭނުބަ އެ އް ނުކުރޭ.. މި ކާފަރުން ކަ އިފާނެ ކޮންމެ ފަދަ އެ އއްޗެ އްވެސްް....

    15
    1
  7. ވާލު

    ޗައިނާ އަންހެނުންނާ ވައިއެޅެންވެސް ހެޔޮނުވާނެ

    15
    1
    • ފާ

      ހައްހާ...ހަށިގަނޑު ތެރޭގައި ޖަނަވާރުން ދިރިއުޅެނީތަ.

  8. ފައި

    ވާލު ސޫޕް ބޮވިފަ އެ ތިބީ .... ތަނަކު ޖަނަވާރެއް އުޅުނަކަސް ކާކައް ނުޖެހެޔޭ...

    18
    2
  9. Anonymous

    ދެން ކިހިނެއްތަ ވީ އެވެސް މަހްލޫގެކޭ

    8
    9