މިއަދު ވެއްޓުނީ އެމެރިކާގެ އަސްކަރިއްޔާގެ ފްލައިޓެއްކަން ބެލެވެން ފަށައިފިއެވެ.

އެމެރިކާގެ އަސްކަރިއްޔާއިން މިހާރު ދަނީ އެ ހާދިސާއާއި ގުޅިގެން އާއްމުކޮށްފައިވާ ރިޕޯޓްތައް ދިރާސާކުރަމުން ކަމަށް ބައެއް މީޑީއާތަކުން ވަނީ މައުލޫމާތު އާއްމުކޮށްފައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ސްޕޯކްސްވުމެން ބުނެފައި ވަނީ އެފަރާތަށްވެސް އެއީ ކޮންބައެއްގެ މަތިންދާ ބޯޓެއް ކަމެއް ނޭނގޭ ކަމަށެވެ. އަދި ސީދާ އެއީ އެމެރިކާގެ އަސްކަރިއްޔާގެ ބޯޓެއް ކަމަށް ބުނަން ނޭނގޭ ކަމަށް އޭނާ ބުނެފައިވެއެވެ.

މިހާރު މީސްމީޑިއާގައި ވަނީ މަތިންދާބޯޓު ވެއްޓުނު ސަރަހައްދުގެ ފޮޓޯތައް އާއްމުވެފައެވެ.

އެގޮތުން އެފޮޓޯތަކުން ފެންނަ ގޮތުގައި ވެއްޓިފައިވަނީ އެމެރިކާއިން ހަނގުރާމައަށް ބޭނުން ކުރަމުން އަންނަ E-11A މަރުކާގެ ބޯޓެކެވެ. މި ބޯޓަކީ އެމެރިކާއިން އަފްގާނިސްތާން ޖާސޫސް ކުރަން ބޭނުން ކުރާ ބޯޓެކެވެ.

މިއަދު އަފްގާނިސްތާނުގެ ތާލިބާނުން ކޮންޓްރޯލް ކުރާ ސަރަހައްދަށް ވެއްޓިފައިވާ މަތިންދާ ބޯޓުން ދަތުރު ކުރި އެންމެން މަރުވެފައިވާ ކަމަށް އަފްގާނިސްތާނުގެ އޮފިޝަލުން ވަނީ ކަށަަވަރުކޮށްދީފައެވެ.

މިއަދު އަފްގާނިސްތާނުގެ ތާލިބާނުން ކޮންޓްރޯލް ކުރާ ސަރަހައްދަށް ވެއްޓިފައިވާ މަތިންދާ ބޯޓުން ދަތުރު ކުރި އެންމެން މަރުވެފައިވާ ކަމަށް އަފްގާނިސްތާނުގެ އަފިޝަލުން ވަނީ ވިދާޅުވެފައެވެ.

މި ބޯޓު ފެނިފައިވަނީ އަފްގާނިސްތާނުގެ ގަޒްނީ ޕްރޮވިންސްގެ ދެހު ޔަކް ޑިސްޓްރިކްޓް އިންނެވެ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޏަމްޏަމް

    ދުނިޔޭގަ އެފަދަ ދެވަނައެއްނުވާ ޓެކްނޮލޮގީ ގެންގުޅޭކަމަށް ބުނާ ވަރުގަދަ މިލިޓަރީގަ އެމީހުންގެ ބޯޓެއް ވެއްޓޭއިރުވެސް ނޭނގޭ.

    10