ކޮރޯނާވައިރަސްގެ ނުރައްކާ ދުނިޔެއަށް މާބޮޑު ނޫންކަމަށް ޑަބްލިއުއެޗްއޯއިން ތިން ދުވަސް ވަންދެން ބުނަމުން އައީ މުއާމަލާތު ކުރުމުގައި އަރާފައި އޮތް އޮޅުމެއްގެ ސަބަބުން ކަމަށް މިއަދު އިއުތިރާފް ވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުރާސްފަތި ދުވަހާއި، ހުކުރު ދުވަހު އަދި ހޮނިހިރު ދުވަހު ނެރުނު ރިޕޯޓްގައި ވެސް ބުނެފައި ވަނީ ކޮރޯނާވައިރަސްގެ ނުރައްކާ ޗައިނާއަށް ވަރަށް ބޮޑުނަމަވެސް ދުނިޔެއަށް އޮތީ މެދުމިންވަރެއްގެ ނުރައްކަލެއް ކަމަށެވެ.

ނަމަވެސް މިއަދު ޑަބްލިއުއެޗްއޯ އިން ބުނީ ކޮރޯނާވައިރަސްގެ ނުރައްކާ މުޅި ދުނިޔެއަށް ވެސް ވަރަށް ބޮޑުކަމަށާއި ފާއިތުވި ދުވަސްތަކުގައި ވައިރަސްގެ ހާލަތާއި ގުޅޭ ގޮތުން މައުލޫމާތު ދެވުނީ އޮޅުންއަރާ ގޮތައް ކަމަށެވެ. އެގޮތައް މައުލޫމާތު ދެވުނީ މުއާމަލާތު ކުރުމުގައި އެރި އޮޅުމެއްގެ ސަބަބުން ކަމަށް ބުނި ނަމަވެސް ޑަބްލިއުއެޗްއޯ އިން މަޢާފަށް އެދިފައެއް ނުވެއެވެ.

ކޮރޯނާވައިރަސް އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށް އަރަމުންދާތީ ބަލީގެ ނުރައްކާތެރިކަން ވަރަށް ބޮޑުކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވަމުން ގެންދެވި ނަމަވެސް ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ކޮރޯނާވައިރަސް އާއި ގުޅިގެން މުޅި ދުނިޔޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން އަދި ނުޖެހޭ ކަމަށެވެ.

ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ޓެޑްރޮސް އަދަނޮމް ގެބްރެޔެސޫސް މިހަފްތާގައި ޗައިނާއަށް ވަޑައިގެން ކޮރޯނާވައިރަސް ފެތުރެމުންދާ ގޮތާއި ބެހޭގޮތުން ޗައިނާގެ އޮފިޝަލުންނާއި މަޝްވަރާ ކުރައްވާނެއެވެ.

ޑަބްލިއުއެޗްއޯ އިން މީގެ ކުރިން އަޅާފައިވާ ބައެއް ފިޔަވަޅުތަކާއި ގުޅިގެން ވެސް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އެގޮތުން 2009 ވަނަ އަހަރު ފެތުރުނު އެޗް1އެން1 ސްވައިފް ފްލޫ އާއި ގުޅިގެން ވެކްސިން ގަނެ، ކުއްލި ހާލަތެއްގައި ޑަބްލިއުއެޗްއޯ އިން މާއަވަހަށް މަސައްކަތް ފެށުމުން އެތައް ބަޔަކަށް ހާސްކަމާއި ކުރިމަތިލާން ޖެހުނެވެ. ފަހުން އެނގުނު ގޮތުގައި އެފަހަރު ފެތުރުނު ސްވައިން ފްލޫއަކީ މާބޮޑު ނުރައްކަލެއް ނޫނެވެ.

2014 ވަނަ އަހަރު އެބޯލާ އާއި ގުޅިގެން ޑަބްލިއުއެޗްއޯގެ މަސައްކަތްތައް ލަސްވުމުގެ ސަބަބުން އެތައް ބަޔަކު އެފްރިކާ އިން މަރުވެގެން ދިޔަ ކަމަށް ބުނެ ވެސް ޑަބްލިއުއެޗްއޯއަށް ބޮޑެތި ފާޑުކިޔުންތަކެއް ކުރިމަތިވިއެވެ.

ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ކޮރޯނާވައިރަސް އާއި ގުޅިގެން ވެސް ޑަބްލިއުއެޗްއޯގެ މަސައްކަތްތައް ފެންނަނީ މާލަސްކޮށެވެ. މިހާރު ފެންނަނީ ކުރިން ހަދާފައިވާ ގޯސްތައް ޑަބްލިއުއެޗްއޯއިން ތަކުރާރުކުރާ މަންޒަރު ކަމަށް ފާޑުކިޔާ މީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަމަ

    ޢޮލުން ބޮލުން އަރާފަ ތިއްބާ ވާނެ ހައެތި ވެފަ އޮއްވާ މިފެންނަނީ

  2. އަދާލަތު

    ނުރަ އްކަ އުތެރިކަމުން މުޅިދުނިޔެ ސަމާލުކަމަށް އައ އިސްފަ އިވާ ރޯގާ އެއއ އްނުރަ އް - ކަ އު ނޫންކަމަށް މިނިސްޓަރ އަމީން ވިދާޅުވުމަކީ، ރަ އްޔިތުންނަށް ޙަޤީޤަތް އޮޅުވަ އިލުން. އަމީން މި މަ އްސަލާގަ އި އިސްތި އުފާ ދެ އްވަން ޖެހޭނެ. ކޮބަ އިތޯ ރަ އްޔިތުންގެ މަޖިލިސް؟

  3. އަދާލަތު

    ނުރަ އްކަ އުތެރިކަމުން މުޅިދުނިޔެ ސަމާލުކަމަށް އައ އިސްފަ އިވާ ރޯގާ އެއއ އްނުރަ އް - ކަ އު ނޫންކަމަށް މިނިސްޓަރ އަމީން ވިދާޅުވުމަކީ، ރަ އްޔިތުންނަށް ޙަޤީޤަތް އޮޅުވަ އިލުން. އަމީން މި މަ އްސަލާގަ އި އިސްތި އުފާ ދެ އްވަން ޖެހޭނެ. ކޮބަ އިތޯ ރަ އްޔިތުންގެ މަޖިލިސް؟ ރައްޔިތުންގެ ޞިއްޙަތާއި ޙަވާލު ކޮށްފައި މިފަދަ މީހަކު ބެހެއްޓުމަކީ ރައްޔިތުންނަށް އޮތް ނުރައްކަލެއް.

  4. ނާނަކާރަން

    ވަރަށް ކޮރަޕްޓް ޖަމްއިއްޔާއެއް ސިޔާސީ ނުފޫޒު އިންތިހާއަށް ވަދެފަ އޮތް!

    5
    1
  5. އަހުމަދު

    އަހަރެން ހަނދާންވޭ އެއްޒަމާނެއްގައި މިބައިގަނޑު ކުޑަކުދިންނަށް ގާތުން ކިރު ދިނުމާއި ދެކޮޅުހެދިކަން. ބުނީ މައިމީހައިގެ ކިރަކީ ކުއްޖާއަށް ހުރި ނުރައްކަލެއްކަމަށް.