ޖަޕާނާއި ޖަރުމަނުން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި ދެ މީހަކު ޗައިނާއަށް ޒިޔާރަތްކޮށްފައިނުވާ ކަމަށް އެ ދެ ގައުމުން ބުނެފިއެވެ.

މި ޗައިނާއަށް ޒިޔާރަތް ނުކުރާ ބަޔަކު ވައިރަސްއަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

އެހެންކަމުން މި ދެ ގައުމުގައި ކޮރޯނާ ވައިރަސް ފެތުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ.

ކަމާއި ބެހޭ އިދާރާތްތަކުން ބުނެފައިވަނީ ނިއުމޯނިއާ ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ ޖަޕާނުގެ 60 އަހަރުގެ މިހަކަށް ކަމަށާއި އޭނާއަކީ ބަސްދުއްވާ މީހެއް ކަމަށެވެ. އަދި އޭނާއަށް ޖެހިފައިވާ ކަމަށް ޝައްކުކުރެވެނީ ޗައިނާގެ ވުހާން ސިޓީއަށް ނިސްބަތްވާ 2 ޓޫރިސްޓު ގްރޫޕެއް ގޮވައިގެން ޓުއާ ގައިޑުކަން ކޮށްދޭން އުޅުމުގެ ތެރޭގައި ކަމަށެވެ.

އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ބުނެފައިވަނީ އޭނާ މިހާރު ވަނީ ވަކިން ތަނަކަށް ބަދަލުކޮށް ފަރުވާ ދޭން ފަށާފައި ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

މީގެ އިތުރުން ދެން ޖަޕާނުން ޖެހިފައިވާ އުމުރުން 40 އަހަރުގެ މީހާ މީގެ ކުރިން ދިރިއުޅެމުން އައީ ވުހާން ގައި ކަމަށް އެފަރާތުން ވަނީ މައުލޫމާތު ދީފައެވެ. އެހެން ނަމަވެސް އޭނާ އަނބުރާ ޖަޕާނަށް އައީ މިމަހުގެ 20 ވަނަ ދުވަހު ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

އޭނާ ވެސް ވަނީ ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެފައެވެ.

ކަމާއި ބެހޭ ފަރާތްތަކުން ބުނެފައިވަނީ މިހާރު އެ ދެގައުމުން އަންނަނީ އެ ދެފަރާތާއި ދިމާވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ފަށާފައި ކަމަށެވެ.

ބައެއް ފަރާތްތަކުން ބުނެފައިވަނީ ޖަރުމަނުން ފެނިފައިވާ ފުރަތަމަ މީހާ އަކީ އޭނާ މަސައްކަތް ކުރާ ތަނަށް ޗައިނާގެ މީހަކު އައުމުން ޕޮޒިޓިވް ވެފައިވާ މީހެއް ކަމަށެވެ.

ނުރައްކާތެރި ގައިން ގަޔަށް އަރާ މި ބަލި މިހާރު ވަނީ ޖަޕާނުގެ 6 މީހަކަށް ޖެހިފައި ކަމަށް މީޑިއާ ރިޕޯޓް ތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޚުޑޫ

    ޢެމީހުން ޗައިނާ އަށް ނުދިޔަސް ޗައިނާ މީހުން އެތަންތަނަށް ދަންޏާ ޖެހޭނެ ދޯ

    23
  2. ޥަހުތާން

    ޜައްކާތެރިވުމަށް ކޮން ފިޔަވަޅެއް މިތާ އަޅަނީ! ޙުސް އަގަ ތެޅުން! ތިޔަ ބަލީގެ ޖަރާސީމު ހުންނަ އެހެނަސް އަލާމާތް ނުފެންނަ މީހުން ދަތުރު ކުރާ ފްލައިޓުގައި ޖެހިގެން އިންނަ މީހާގަޔަށް އެރުމުގެ ފުރުސަތު އެބައޮތް! ޢެވެދާނެ ޓްރާންސިޓް ގައި އިން މީހަކަށްވެސް! ޢެއިން މީހަކު ކަރަންޓީނު ކުރެވޭނެތަ! ޥާނެ ހައެއްޗެއް ވީމަ އެގޭނީ!