އިންޑިއާގެ ވެރިރަށް ދިއްލީގައި 2012 ވަނަ އަހަރު ބަހެއްގެ ތެރޭގައި އަންހެނަކު ރޭޕް ކުރި ކަމުގެ ކުށް ސާބިތުވެ، މަރުގެ ހުކުމް ތަންފީޒު ކުރުމަށް ޖަލަށް ލާފައިވާ ރޭޕިސްޓަކަށް ޖަލުގައި ޖިންސީ ގޯނާ ކޮށްފިއެވެ.

ނިރްބަޔާ ނަމަކަށް ކިޔާ އެ އަންހެން މީހާ ރޭޕް ކުރި ކަމުގެ ކުށްސާބިތުވެފައިވާ މުކޭޝް ސިންގް ނަމަކަށް ކިޔާ އެފިރިހެން މީހާ ޖަލުގައި އޮންނަތާ މިހާރު 7 އަހަރާއި ވަނި ކައިރިވެފައެވެ. އޭނާ ޖަލަަށް ލާފައިވަނީ ދަންޖައްސައި މެރުމަށް ވަކި ތާރީހެއް ސީދާ ކަނޑައެޅިފައި ނުވާތީއެވެ.

އަންނަ ހޮނިހިރު ދުވަހު އެ 4 މީހުންގެ ދަންޖައްސަން ހުކުމް ކޮށްފައިވާ ދަނޑިވަޅެއްގައި އޭނާ މިހާރު ވަނީ އޭނާއަށް ހަމްދަރުދީ ވުމަށް ގޮވާލާފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ އޭނާ ޖަލުގައި އޮށް ދުވަސްތަކުގައި އެކި މީހުންގެ ފަރާތުން އޭނާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށެވެ.

އެގޮތުން އޭނާ ބުނެފައިވަނީ މަރުގެ ހުކުމް ތަންފީޒު ކުރަން ޖަލަށް ލާފައިވާ މީހަކަށް އެގޮތަށް ޖަލުގައި ޖިންސީ ގޯނާ ކޮށްފައިވުމުން ކޮންމެވެސް ކަހަލަ ހަމްދަރުދީއެއް ދައްކަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ދައުލަތުން ބުނެފައިވަނީ އޭނާ މީގެ ކުރިން އެފަދަ ކަމެއް ހިނގައިގެން މައްސަލަ ހުށަހަޅާފައި ނުވާ ކަމަށެވެ.

އެހެނ ކަމުން މިހާރު އޭނާގެ މައްޗަށް އުފުލާފައިވާ ހުކުމާއި މެދު ގޮތެއް ނިންމުމަށް މާދަމާ ކޯޓަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭނާއަށް ކޯޓަށް ބޭނުންވާ ވަރަށް ހެކި ދެއްކިއްޖެނަމަ އޭނާ އެ ހުކުމުން ސަލާމަތްވާނެ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

2012 ވަނަ އަހަރު ދިއްލީގައި ކިޔަވަމުން ދިޔަ އަންހެން ދަރިވަރަކު ރޭޕް ކުރި ކަމުގެ ކުށްސާބިތުވެ އެގައުމުގެ ކޯޓުން މަރުގެ ހުކުމް އިއްވާފައިވަނީ 4 މީހަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަކިނބޫ

    ބުހަހަ..

    13
    2
  2. ޔާ

    ކުށް ކޮށްފަ ކުށުން ބަރީއަ ވާނެ ގޮތެއް ނޭނގިގެން ދެން މީނަ މި ޖައްސަނީ ކޮންހާ ސްޓަންޓެއް

    27
    3
  3. ހޫ

    ހަމްދަރުދީ ނުހުންނަ މީހުނަކަށް ހަމްދަރުދީކޮށް ކަންތައް ކުރާނެ ކަމެއްނެތް.

    31
    2
  4. Anonymous

    އެއޮން ތއިސްލާމްދީނާ ދެކޮޅު އިންޑިޔާއިން ރޭޕްކުރާ މީހުންނަށް މަރުގެ ޙުކުމް ތަންފީޒްކުރާއިރު ރާއްޖޭގައި މިކަން ނުވާންވީ ސަބަބެއް ނޭންގުނު

    28
    2