ޗައިނާއަށް ޒިޔަރަތްކޮށްފައިނުވާ ޓައިވާން މީހަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓީވް ވެއްޖެއެވެ.

ވައިރަސްއަށް ޕޮޒިޓިވްވެފައި ވަނީ 50 އަހަރުގެ ފިރިހެނެކެވެ. އޭނާއަށް ބަލި ޖެހުނީ އަނބިމީހާގެ ފަރާތުންނެވެ.

އޭނާގެ އަނބިމީހާއަކީ ޗައިނާގެ ވުހާންއަށް ދާދި ފަހުން ޒިޔާރަތް ކުރި މީހެކެވެ.

މިޔާއެކު އެކަކު ގައިން އަނެކަކު ގަޔަށް މި ބަލި އަރާ ފެތުރެމުންދާ ގައުމުތަކުގެ އަދަދު 4 އަށް އެރީއެވެ. އެގައުމުތަކަކީ ޗައިނާ، ޖަޕާން ޖާމަނީ އަދި ޓައިވާނެއެވެ.

ކޮރޯނާ ވައިރަސް ފެނުނު 14 ގައުމުން އަދި ވައިރަސް ފެނިފައި ވަނީ ޗައިނާއަށް ޒިޔާރަތް ކުރި މީހުންގެ ގައިންނެވެ.

ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މިހާރު 4500 އަށް އަރާފައި ވާއިރު ޗައިނާ އަށް ނުދާ މީހުންގެ ގައިން ބަލި ފެނުނުން އިތުރު ވަމުން ދިއުމަކީ އަނެއްކާވެސް އިތުރު ނުރައްކަލަކާއި ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ސިއްހީ ދާއިރާގެ ތަޖުރިބާކާރުން މިހާރު ލަފާކުރާ ގޮތުގައި ކޮރޯނާވައިރަސް މީހަކަށް ޖެހޭތާ ދެ ދުވަހާއި ދިހަ ދުވަހާއި ދެމެދު އެމީހެއްގެ ގައިން އެހެން މީހެއްގެ ގަޔަށް ބަލި އެރުމުގެ ފުރުސަތު އެބައޮތެވެ. ކޮރޯނާވައިރަސް ގައިން ގަޔަށް އަރާ ގޮތް ދެނެގަތުމަށް ސައިންސްވެރިން މިހާރު ވެސް ގެންދަނީ އިތުރު ޓެސްޓްތައް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢެލް

    ޗައިނާއަށް ދެން ކޮންމެހެން ދާކަށްނުޖެހޭ ބަލިޖެހޭކަށް! ދުނިޔެއަށް ވަނީ ފެތުރިފާ ، ބިރުގަންނަ ވަރުގެ ބައްޔެއްނޫން! ފަރުވާއެއް ވެކްސިނެއް ނެތް! ޖެހެނީ ނިޔުމޯނިޔާ! ޥާނީ ފުރާނައަށް ނުރައްކާ!އަރަނީ އެކަކުގައިން އަނެކަކަށް!