ގިނަ އަދަދެއްގެ ދިވެހިން ގޮސް އުޅޭ ތައިލެންޑްގައި ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލް ނުކުރެވިދާނެ ކަމުގެ އިންޒާރު އެގައުމުގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.
ޗައިނާ ފިޔަވާ މިހާތަނަށް އެންމެ ގިނަ ކޭސް ފެނިފައި ވަނީ ތައިލެންޑުންނެވެ.
ތައިލޭންޑްގެ ހެލްތް މިނިސްޓްރީން މިގޮތަށް ވިދާޅުވެފައިވި ނަމަވެސް އެގައުމުގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ ކޮރޯނާ ވައިރަސް ވަނީ އެގައުމުން ކޮންޓްރޯލް ވެފައި ކަމަށެވެ. އެގައުމުގެ ސިއްހަތާއި ބެހޭ މާހިރުން މީގެ ކުރިން ބުނެފައިވަނީ އެބަލި ފެތުރުމުގެ ކުރިން ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ.
ތައިލޭންޑަކީ ގިނަ ދިވެހިންގެ އިތުރުން ކޮރޯނާ ވައިރަސް ފުރަތަމަ ފެތުރެން ފެށި، ވުހާންގެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަ ކުރުމަށް ޒިޔާރަތް ކުރާ ގައުމެކެވެ.
ތައިލެންޑުން މިއަދު ވެސް ވަނީ ކޮރޯނާވައިރަސް ޖެހިފައިވާ އިތުރު ހަ މީހަކު ފެނިފައެވެ. އެހެންކަމުން ތައިލެންޑުން ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 14 އަށް އަރާފައެވެ. ނަމަވެސް އޭގެ ތެރެއިން ފަސް މީހަކަށް ތައިލެންޑްގައި ފަރުވާ ދިނުމަށްފަހު ހާލު ރަނގަޅު ވުމުން މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. ހޮސްޕިޓަލުން ދޫކޮށްލި މީހުން މިހާރު ވަނީ އެނބުރި ގައުމަށް ގޮސްފައެވެ.
ތައިލެންޑުން ވަނީ ޗައިނާގެ 136 ފަތުރުވެރިއަކު ކޮރޯނާވައިރަސް އަށް ޝައްކު ކުރެވިގެން އެއާޕޯޓުން އެމީހުން ހުއްޓުވާފައެވެ. އޭގެ ތެރެއިން 55 މީހަކުގެ ގައިން ކޮރޯނާވައިރަސްގެ އަސަރެއް ނުފެނުމުން ވަނީ ދޫކޮށްލާފައެވެ. ނަމަވެސް ބާކީ ތިބި މިހުން ކަރަންޓީން ކޮށްފައި އެބަތިއްބެވެ.
ބުދުދީނުގެ ވެރިކަން ހިންގާ ގައުމުތަށް ތިޔައީ! ޅާދީނީ ކަންކަން އިންތިހާ! ޢިންސާނުންގެ އަޚްލާގު ފާސިދުވެފައިވާ ތަންތަން!ޖުވާ،ރާ ޒިނޭ ހުއްދަ!