އުދުހެމުންދިޔަ މަތިންދާބޯޓެއްގެ އެއް އިންޖީނު ގޮވައި، އަންހެނަކު މަރުވެއްޖެއެވެ.

ސައުތުވެސްޓް އެއަރލައިންސްގެ ބޮއިންގ 737 ގެ ފްލައިޓް 1380 ގެ އިންޖީނު ގޮވީ ލަގާރޑިއާ އެއަރޕޯޓުން ފުރިތަނާއެވެ. މިހާދިސާ ހިނގިއިރު، ބޯޓުގައި ތިބި ބައެއް މީހުންވަނީ ފޭސްބުކް ލައިވް-ސްޓްރީން ޖައްސާފައެވެ.

އިންޖީނު ގޮވާފައިވަނީ އެމެރިކާގެ ނިއުޔޯކްގެ ލަގާރޑިއާ އެއަރޕޯޓުން ފުރައިގެން ޑަލަސްއަށް ދަތުރުކުރި އެމެރިކާގެ ސައުތުވެސްޓް އެއަރލައިންސްގެ މަތިންދާ ބޯޓެއްގެއެވެ .މިހާދިސާ ހިނގުމާއެކު މަތިންދާ ބޯޓްވަނީ ކުއްލި ހާލަތުގައި ފިލަޑެންފިއާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖައްސާފައެވެ.

އިންޖީނު ގޮވުމާއި އެކު ބުރައިގެންދިޔަ އެއްޗެހިތައް ޖެހުނީ ކުޑަދޮރެއްގައެވެ. މިހާދިސާގައި މަރުވެފައިވާނީ ކުޑަ ދޮރު ކައިރީ އިން އަންހެން ޕެސިންޖަރެކެވެ. ސައުތުވެސްޓް އެއަރލައިންސް މަތިންދާ ބޯޓުގެ އެއް އިންޖީނު ގޮވިނަމަވެސް، އިންޖީނުގައި އަލިފާން ރޯވިކަމެއް ރިޕޯޓް ކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ޓީވީ ޗެނަލްތަކުން އިންޖީނު ހަލާކުވި މަތިންދާ ބޯޓް، ފިލަޑެލްފިއާގެ އެއަރޕޯޓްގައި ޖައްސާފައި އޮތް މަންޒަރު ވަގުތުން ދައްކާފައެވެ.

"މި ބޯޓަށް މައްސަލައެއް ދިމާވެއްޖެ. ބޯޓު ދަނީ ވެއްޓެން. އިންޖީނު ގޮވުމުގެ ސަބަބުން ވިންޑޯ3 ވަނީ ހަލާކުވެފައި. އޭގެ ސަބަބުން އެ ވިންޑޯ ކައިރީ ގޮނޑީގައި އިން އަންހެނަކު ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައި" މާރޓީ ނަމަކަށްކިޔާ ފަސިންޖަރު ބުނެފައި ވެއެވެ.