މިހާރު ބައެއް ގައުމުތަކުގައި ހަލުވިކަމާއެކު ފަތުރެމުން އަންނަ ކޮރޯނާ ވައިރަސް ޕާކިސްތާނުގެ ހަތަރު ދަރިވަރަކަށް ޖެހިއްޖެއެވެ.
ކޮރޯނާ ވައިރަސް ޖެހުނީ ޗައިނާގެ ވޫހާންގައި ތިބި ޕާކިސްތާނުގެ ހަތަރު ދަރިވަަރަކަށެވެ.
ޗައިނާގައި ޕާކިސްތާނުގެ ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ދިރިއުޅެމުން ދެއެވެ. މީގެ ތެރެއިން 500 އެއްހާ ދަރިވަރިން ދިރިއުޅެމުން ދަނީ ޗައިނާގައި ކޮރޯނާ ވައިރަސް އެންމެ ގަދަޔަށް ފެތުރެމުންދާ ވޫހާން ގައެވެ.
ޗައިނާގައި ކިޔަވަމުންދާ ޕާކިސްތާނުގެ ދަރިވަަވަރުންތަކަކަށް ކޮރޯނާ ވައިރަސް ޖެހުނުއިރު، ޕާކިސްތާނުން އަދި މިހާތަނަށް މި ބަލި ޖެހުނު މީހަކު ފެނިފައެއް ނުވެއެވެ.
ކޮރޯނާ ވައިރަސް އެންމެ ހަލުވިކަމާއެކު ފެތުރެމުންދަނީ ޗައިނާގައެވެ. ޗައިނާ އިން ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު 5974 އަށް ވަނީ އަރާފައެެވެ. އެހެންކަމުން ދުނިޔޭގެ ހުރިހާ ހިސާބަކުން ކޮރޯނާވައިރަސްއަށް މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 6053 އަށް އަރައެވެ.
އެ ބަލި ކޮންޓްރޯލް ކުރަން ޗައިނާ އިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ކޮރޯނާވައިރަސް އަށް ހާއްސަ 1000 މީހުންގެ ހޮސްޕިޓަލެއް އިއްޔެ ވަނީ ހުޅުވާފައެވެ.
ޗައިނާ މީހުން ރާއްޖެ އައުން މިވަގުތަން ބަންދު ކޮއްބަ...ރުފިޔާ އަށްވުރެ ބަލިމަޑު ކަމަން ވިސްނުން މުހިންމެން ނުންތަ ....ޓޫރިޒަމް މިނިސްޓަރ.. ޢަދިވެސް ބަލިޖެހިގެން އަންނަ މީހުން އެޑްމިޓް ކުރަން ތަންތަން ހަދާ
.... މި ވަރަން ނުރައްކާ ބައްޔެއް ..މި ކުޑަކުޑަ ގައުމެެ އް ބޭހެއް ލިބެނީ ކި ނުން ހަމަޔަށް މި ކަމުގަ ޒިންމާ ނަގަން ޖެހެނެ ޓުރިޒަމް މނސޓރ