ޗައިނާގެ ވުހާން ސިޓީ އިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެން ފެށި ކޮރޯނާވައިރަސް އާއި ގުޅިގެން ތައިލޭންޑަަށް 95 ބިލިއަން ބާތުގެ ގެއްލުން ވެއްޖެއެވެ.

ވައިރަސް އާއި ގުޅިގެން އެ ގައުމަށް 95 ބިލިއަން ބާތު ނުވަތަ 3 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ވެފައިވާކަން ހާމަ ކުރައްވާފައި ވަނީ އެ ގައުމުގެ ޓޫރިޒަމް މިނިސްޓްރީގެ ގަވަރނަރު ޔުޓައްސަކު ސުޕަސޯންއެވެ.

ސުޕަސޯން ވިދާޅުވެފައި ވަނީ ވައިރަސްގެ ސަބަބުން އެ ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ލޮޅުމެއް އައިސްފައިވާ ކަމަށާއި ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހާއި ދޭތެރޭ ޗައިނާގެ ފަތުރުވެރިން އެ ގައުމަށް ޒިޔާރަތް ކުރުމަށް ހައްދާފައިވާ ބުކިންގް ތަކުގެ ތެރެއިން 80% ބުކިންތައް މިހާރު އެ ފަރާތްތަކުން ކެންސަލް ކޮށްފައިވާ ކަމަށެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ ތައިލޭންޑުގައި އަދި އެހެން ގައުމުތަކާއި އަޅާ ބަލާއިރު ނުރައްކާތެރި ކަމާއި އެކު ވައިރަސް ނުފެތުރޭ ކަމަށާއި އަދި ވައިރަސް ކޮންޓްރޯލް ކުރުމަށް ރަނގަޅު ފިޔަވަޅުތަކެއް އެޅެމުން ދާ ކަމަށެވެ.

ތައިލޭންޑުގެ ފަތުރުވެރިކަމުގެ ސިނާއަތަށް މި ލިބުނު ބޮޑު ގެއްލުމުން އަރައިގަންނަން އެ ގައުމަށް 5 ވަރަކަށް މަސް ދުވަސް ނަގާނެ ކަމަށް ބެލެވޭއިރު މިހައިތަނަށް އެ ގައުމުން ކޮރޯނާވައިރަސް އަށް 19 މީހަކު ވަނީ ޕޮސިޓިވް ވެފައެވެ. އޭގެ ތެރޭގައި ޗައިނާ އަށް ނުދާ ތައިލޭންޑުގެ މީހަކުވެސް ހިމެނެއެވެ. އެއީ ޓެކްސީ ޑްރައިވަރެއް ކަމުގައި ވާއިރު އޭނާ ވަނީ ޗައިނާ ފަތުރުވެރިންތަކެއް އަރުވައިގެން ކާރުގައި ޓެކްސީ ދަތުރުތަކެއް ކޮށްފައެވެ.

ގިނަ ދިވެހިންތަކެއްވެސް ގޮސް އުޅޭ ތައިލޭންޑުގައި ގައިން ގަޔަށް މި ވައިރަސް އަރަން ފަށާފައި ވާއިރު އެ ގައުމުން ހާމަކޮށްފައިވާ ގޮތުގައި ވައިރަސް އަށް ޕޮސިޓިވް ވި މީހުންގެ ހާލު ސީރިއަސް ނޫން ކަމަށާއި އަދި 19 މީހުންގެ ތެރެއިން މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 12 މީހަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަފޭ

  މި މީިހުން ތެޅެނީ އަދިވެސް ފައިސާއާއި ހެދި ދޯ؛

  20
  2
 2. އެސޮރު

  ތިޔަ މީހުން އެކަނިތަ...މިގައުމުގަ އުޅޭ ބޭފުޅުންނޯ.

  12
 3. މޯދީ

  މަސާޖްކުރަން ނުދެވިގެން އުޅޭ ކުދިން މިހާރު ވަށްޓާލަނީ ޔުކްރެއިނަށޯ ބުނާތީ އަޑުއިވޭ!

 4. ޑޮލަރު

  3 ބިލިއަން ޔޫއެސް ޑޮލަރ