ތައިލެންޑުން އިތުރު ހަ މީހަކު ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވެއްޖެ އެވެ.

ތައިލެންޑްގެ ކަމާއި ބެހޭ މުވައްސަސާތަކުން ބުނެފައިވާގޮތުގައި، ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވި ހަ މީހުންގެ ތެރޭގައި ހިމެނެނީ އެ ގައުމަށް ނިސްބަތްވާ ހަތަރު މީހަކާއި ޗައިނާ ދެ މީހެކެވެ.

ތައިލެންޑަށް ނިސްބަތްވާ ހަތަރު މީހުންގެ ތެރޭގައި ހިމެނޭ ދެ މީހުންނަކީ ދެމަފިރިންނެވެ. އެ ދެމަފިރިންނަކީ ދާދި ފަހުން ޖަޕާނަށް ދިޔަ ދެމީހުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ދެން ތިބި ދެ މީހުންނަކީ ތައިލެންޑްގައި ޗައިނާ ފަތުރުވެރިން ގޮވައިގެން އުޅުނު ޑްރައިވަރެކެވެ.

މިހާތަނަށް ތައިލެންޑުން އެ ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 25 އަށް އަަރާފައެވެ.

ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 426 އަށް އަރާފަެއެެވެ. އަދި ޗައިނާ އާއި އެހެން ގައުމުތައް ވެސް ހިމެނިގެން މިހާތަނަށް ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 20620 އަށް މިހާރު ވަނީ އަރާފައެވެ.