އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރަން ސެނެޓްގައި ނެގި ވޯޓުން ޓްރަމްޕް ސަލާމަތްވެ، މަގާމުގައި ދެމި ހުރުމުގެ ފުރުސަތު ހޯދައިފިއެވެ.

އެމެރިކާގެ ސެނެޓްގައި ރޭ ނެގި ވޯޓްގައި ކޮންގްރެސް އިން ފާސްކުރި ދެ ހުށަހެޅުން ވެސް ސެނެޓުން ވަނީ ފެއިލް ކޮށްލާފައެވެ. ފުރަތަމަ ވޯޓަށް އެހީ ވެރިކަމުގެ ބާރުތައް ޓްރަމްޕް ނަހަމަ ގޮތުގައި ބޭނުން ކުރިކަމަށް ބުނެ ކޮންގްރެސް އިން ފާސްކުރި ހުށަހެޅުމަށެވެ. އެ ހުށަހެޅުމަށް 48 މެންބަރުން ތާއިދު ކުރި ނަމަވެސް 52 މެންބަރުން ވަނީ ދެކޮޅު ހަދާފައެވެ. ދެން ވޯޓަށް އެހީ ކޮންގްރެސްގެ ބާރުތަކަށް ޓްރަމްޕް ހުރަސް އެޅި ކަމަށް ބުނެ ކޮންގްރެސް އިން ފާސްކުރި ހުށަހެޅުމަށެވެ. އެ ހުށަހެޅުމަށް 47 މެންބަރުން ތާއިދު ކުރި ނަމަވެސް 53 މެންބަރުން ވަނީ ދެކޮޅު ހަދާފައެވެ.

އެމެރިކާގެ ރައީސް މަގާމުން ދުރުކުރަން ސެނެޓްގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓް ބޭނުން ވެއެވެ. އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގައި އެއަދަދާއި ގާތައް ވެސް މެންބަރުންނެއް ނެތެވެ. އެހެންކަމުން ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަނުންގެ ތާއީދު ނެތި ޓްރަމްޕް މަގާމުން ދުރު ނުކުރެވޭނެކަން ކުރިން ވެސް ކަށަވަރު ވެފައެވެ. ރިޕަބްލިކަން ޕާޓީގެ އެންމެ މެންބަރަކު ވެސް ޓްރަމްޕް އާއި ދެކޮޅަށް ވޯޓް ދީފައެއް ނުވެއެވެ.

ޑިމޮކްރަޓިކް ޕާޓީއަށް ނިސްބަތްވާ ސެނެޓްގެ މެންބަރުން ވިދާޅުވާ ގޮތުގައި ޓްރަމްޕްގެ އިތުބާރުނެތް ކަމުގެ މައްސަލަ ފާސްނުވީ މައްސަލައިގެ އަޑުއެހުންތައް ސެނެޓްގައި އިންސާފުވެރިކޮށް ކުރިއަށް ނުގެންދިއުމުންނެވެ. ހާއްސަކޮށް އިތުރު ހެކިވެރިން ހާޒިރު ކުރަން ސެނެޓުން ފާސް ނުކުރުމަކީ އިންސާފުވެރިކޮށް މައްސަލަ ބެލުމަށް ސެނެޓްގެ އަޣުލަބިއްޔަތު އޮތް ރިޕަބްލިކަން ޕާޓީން އެޅި ހުރަހެއް ކަމަށް ޑިމޮކްރަޓިކް ޕާޓީގެ މެންބަރުން ވިދާޅުވެއެވެ.

އެމެރިކާގެ ތާރީޚްގައި ވެސް އަދި މިހާތަނަށް އެއްވެސް ރައީސަކު ސެނެޓްގައި އިތުބާރު ނެތް ކަމުގެ ވޯޓް ނަގައިގެން މަގާމުން ދުރުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޙްމަދް

    އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރަން ސެނެޓްގައި ނެގި ވޯޓުން ޓްރަމްޕް ސަލާމަތްވެ، މަގާމުގައި ދެމި ހުރުމުގެ ފުރުސަތު ހޯދައިފިއެވެ.
    މިއީ އުުފާވެރި ޙަބަރެކެވެ.
    ******************
    ސަބަބަކީ ރައީސް ޓްރަމްޕަކީ އީރާނުގެ ޝީޢީ ރާފިޟީންގެ ސަރުކާރާއި ކުރިމަތިލާ އެބައިމީހުން ނިކަމެތި ކޮއްލުމުގުއި ޘާބިތު ކަމައިއެކު ދެމިހުއްނެވި ލީޑަރެކެވެ.
    މިއީ އަހަރުމެން މުސްލިމުން އެކަމާއި ނުހަނު އުފާކުރުން ޙައްޤުވެގެންވާ ކަމެކެވެ.

    11
    • އަޙްމަދް

      އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރަން ސެނެޓްގައި ނެގި ވޯޓުން ޓްރަމްޕް ސަލާމަތްވެ، މަގާމުގައި ދެމި ހުރުމުގެ ފުރުސަތު ހޯދައިފިއެވެ.
      *****************
      މިއީ އުުފާވެރި ޙަބަރެކެވެ.
      ސަބަބަކީ ރައީސް ޓްރަމްޕަކީ އީރާނުގެ ޝީޢީ ރާފިޟީންގެ ސަރުކާރާއި ކުރިމަތިލާ އެބައިމީހުން ނިކަމެތި ކޮއްލުމުގުއި ޘާބިތު ކަމައިއެކު ދެމިހުއްނެވި ލީޑަރެކެވެ.
      މިއީ އަހަރުމެން މުސްލިމުން އެކަމާއި ނުހަނު އުފާކުރުން ޙައްޤުވެގެންވާ ކަމެކެވެ.

  2. ކާޕެޓް ވަގު

    ކުއްތާގެ ދަރި ކުއްތާ...

    6
    1