ދިވެހިން ވިޔަފާރި ދަތުރުތަކަށާއި ޗުއްޓީއަށް އާންމުކޮށް ގޮސް އުޅޭ ތައިލެންޑުން އިތުރު ހަތް މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެއްޖެއެވެ.
ތައިލެންޑްގެ ހެލްތު މިނިސްޓްރީން ބުނީ ކޮރޯނާ ވައިރަސް ޖެހިފައި ވަނީ ތައިލެންޑް ތިން މީހަކަށާއި ޗައިނާގެ ހަތަރު މީހަކަށް ކަމަށެވެ. އެހެންވެ، އެ ގައުމުގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 32 އަށް އަރައިފައެވެ.
ތައިލެންޑަކީ ޗައިނާ ނަގާފައި، މި ބަލި އެންމެ ގިނަ ބަޔަކަށް ޖެހުނު ގައުމެވެ.
"މި ބަލި ޖެހުނު ހަތް މީހުން ވަނީ ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށާފައި،" ތައިލެންޑް ޑިޒީސް ކޮންޓްރޯލް ޑީޕާޓްމަންޓުން ބުންޏެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 34،0000 އަށް ވުރެ މައްޗަށް ވަނީ އަރައިފައެވެ. އަދި މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 700 އަށް ވުރެ މައްޗަށް އަރައިފައެވެ.
މި ވަރިރަހުން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ގިނަ ގިނައިން އަތްދޮވުމަށާއި ކެއްސާ ކިނބިހި އަޅާނަމަ މާސްކު ބޭނުން ކުރުމަށް ގިނަ ޑޮކްޓަރުން ލަފާ ދެއްވަފައެވެ. އަދި ބޭކާރު ގޮތުގައި ބަލިމީހުން ކައިރިއަށް ޒިޔާރަށް ކުރުން ވަގުތީ ގޮތުން މެދުކަނޑާލަން ވެސް ލަފާ ދެއްވައެވެ.
ކޮރޯނާގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ކެއްސުމާއި ކަރުގައި ރިއްސުމާއި ނޭވާލާން ބައެއް ފަހަރު އުނދަގޫވުމާއި ގައިގައި ރިއްސުން ފަދަ ކަންކަން ހިމެނެއެވެ. ކޮރޯނާވައިރަސް އަކީ ގައިން ގަޔަށް އަރާ އެހެން ބަލިތަކަށް ވުރެ އެކަކު ގައިން އަނެކަކު ގަޔަށް ފެތުރުން އުނދަވޫ ނުވަތަ ލަހުން އަރާ ވައިރަސްއެކެވެ.
އަދިވެސް ރާއްޖެއަށް ބެންގްކޮކް އާއި ސިންގަޕޯރ އިން އަންނަ ފްލައިޓްތައް ހުއްޓުވާކަށް ނުވޭތަ؟ މިހެން ތިއްބާ ޗައިނާ އޮތްތާ އޮއްވާ ފެންނާނީ އެހެން ގައުމަކުން ތިވައިރަސް އައިސް ވަންނަތަން
ޢަދިވެސް ފާޑުފާޑު އެއްޗިހި ކާތި