ތައިލޭންޑުގައި ބަޑިން ހަމަލާދީ ގިނަ ބަޔަކު މަރާލައިފިއެވެ. ބަޑިން ހަމަލާދީ ގިނަ ބަޔަކު މަރާލީ އެ ގައުމުގެ ސިފައިންގެ މީހެކެވެ.

އެ ގައުމުގެ އިރު އުތުރުގައި އޮންނަ ކޮރާތުގައި ސިފައިންގެ މީހާ މި ހަމަލާތައް ދީ ގިނަ ބަޔަކު މަރާލާފައި ވަނީ ގިނަ އަދަދެއްގެ އާއްމުން ތިބި ޝޮޕިން ސެންޓަރެއްގެ ތެރޭގައެވެ.

އެ ގައުމުގެ ފުލުހުން ބުނެފައިވާ ގޮތުގައި ސިފައިންގެ މީހާ ވަނީ މަރުކަޒު ތެރޭގައި އޭނާގެ ކޮމާންޑަރާއި އިތުރު ދެ ސިފައިން މަރާލުމަށް ފަހުގައި އެތަނުގައި އޮތް ވެހިކަލެއް ވަގަށް ނަގާފައި ކަމަށާއި އަދި އެ ވެހިކަލުގައި ޝޮޕިން ސެންޓަރަށް ގޮސް އާއްމުންނަށް އޭނާ ހަމަލާ ދިނީ އެސައުލްޓް ރައިފަލަކުން ކަމަށެވެ.

ސިފައިންގެ މީހާ ދިން ހަމަލާގައި މިހައިތަނަށް 17 މީހަކު މަރުވެފައިވާކަން ވަނީ ކަށަވަރު ކުރެވިފައެވެ.

ޝޮޕިން ސެންޓަރުގައި ދިން ހަމަލާތައް ސިފައިންގެ މީހާ ފޭސްބުކްގައި ލައިވްވެސް ކޮށްފައި ވާއިރު އެތައް ބަޔަކު މަރާލުމަށް ފަހުގައި އޭނާ ބުނެފައި ވަނީ ”ވަރަށް ވަރުބަލި“ ވެއްޖެ ކަމަށެވެ.

މިކަން ކޮށްފައި ވަނީ ކޯޕަރަލްގެ މަގާމުގައި ހުރި ސިފައިނެއް ކަމުގައިވާއިރު، ބީބީސީ އިން ބުނެފައި ވަނީ ބަޑީގެ ހަމަލާތަކާއި އާއްމުން ރަހީނު ކޮށްގެން ސިފައިންގެ މީހާ އަދިވެސް އިތުރު ހަމަލާތަކެއް ދެމުން އަންނަ ކަމަށެވެ.

މީގެ 2 ގަޑިއިރު ކުރިން އެމީހާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެކަކަށްވެސް މަރުން ސަލާމަތް ނުވެވޭނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޓެރަރިޒަމް

    ޓެރަރިސްޓް ހަމަލާއެއް ނޫން ދޯ

    87
    • އޭ

      ހްމމމ ނޫން

      28
    • ސަލާމް

      ޢެވާނީ ބުއްދި ހަމަނުޖެހޭ ހާލަތެއްގަ ހުރި މީހަކަށް

      57
    • ބިސް

      ހަމަ އެކަނި ބަޑިންދިން ހަމަލާއެއް

      40
      1
  2. މުސްލިމް

    މީނާ މުސްލިމަކަށް ނުވީމަ މިހަމަލާ ނުވާނެ ނިބުރުވެރި ހަމަލާ އަކަށް...މީ ވެދާނެ ފުރެންޑުލީ ފަޔާއަކައް

    92
  3. ޖިންނި

    ބީބީސީ އަކަށް ނުކެރުނު ބުނާކަށް ޓެރަރިސްޓް ހަމަލާއެކޭ މުސްލިމުންނަށް ކިޔާކަހަލަ ނަމެއްތޯ ޔަޤީންކުރަނީ ކަމަށް ވެދާނެ

    84
  4. އޭނަ

    އަސްލުވެސް މުސްލިމެއްނަމަ ފުރަތަމަވެސް ބުނާނީ ޓެރަރިސްޓު ހަމަލާއެކޭ. މުސްލިމުންނަށް އޮންނަ ހަސަދަ.

    63
    1