ޕެސިފިކް ކަނޑުގެ ޖަޒީރާ ގައުމެއް ކަމަށްވާ ޕަޕުއާ ނިގިނީ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނެފައިވަނީ ޕަޕުއާ ނިއުގިނީ އަށް އައިސްފައިވަނީ ރެކްޓާ މިންގަނޑުން 6.2 ގެ ބާރު މިނުގައި ކަމަށެވެ. ބިންހެލުން އައިސްފައިވަނީ ޕަޕުއާ ނިއުގިނީގެ ވެރިކަން ކުރާ ޕޯޓް މޯސްބައިގެ ކައިރިން ކޮކޮޕޯގެ ގޮނޑު ދޮށާ ކައިރިން ކަމަށް މީޑީއާތަކުން ވަނީ ބުނެފައެވެ.

ބިންހެލުން އައިސްފައިވަނީ ކަނޑުގެ އަޑިޔަށް ކަމުން ސުނާމީ އެއް އުފެދިދާނެ ކަމަށް ނުބެލެވޭ ކަމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ. އަދި މި ބިންހެލުމުގެ ސަބަބުން އިމާރާތްތަކުގެ އިތުރުން އެއްވެސް ބަޔަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

ޖިއޮގްރަފީ ގޮތުން ބަލާނަމަ ޕަޕުއާ ނިއުގިނީ އޮންނަނީ ބިންހެލުންތައް އާއްމު ގޮތެއްގައި އަންނަ ޕެސިފިކް ރިންގް އޮފް ފަޔާގައެވެ.

ކިޔުންތެރިންގެ ހިޔާލު