އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ޤާނޫނު ހަދާ މަޖިލީހެއް އެކުލަވާލަން ނެގި ވޯޓް ވެސް ވެރިކަން ކުރާ ނަރްދްރް މޯދީގެ ބަރަތިޔާ ޖަނަތާ ޕާޓީއަށް ނާކާމިޔާބު ވެއްޖެކަމަށް އެގްޒިޓް ޕޯލްތަކުން އިން ދައްކައިފިއެވެ.

އިންތިޚާބުގެ ރަސްމީ ނަތީޖާތައް އަދި އިއުލާނެއް ނުކުރެއެވެ. ނަމަވެސް ތަފާތު ނުވަ ފަރާތަކުން ނެގި އެގްޒިޓް ޕޯލްތައް ދައްކާ ގޮތުގައި ވެސް މޯދީގެ ބީޖޭޕީ އަށް ނިއުދިއްލީގައި ސަރުކާރެއް އެކުލަވާލެވޭ ވަރާއި ގާތައް ވެސް ގޮނޑިއެއް ނުލިބޭނެއެވެ.

އެގްޒިޓް ޕޯލްތަކުގެ ނަތީޖާ ދައްކާ ގޮތުން އިންތިޚާބު ކާމިޔާބު ކުރާނީ އާމް އާދްމީ ޕާޓީ (އޭއޭޕީ) އެވެ. މިހާރު ވެސް ނިއުދިއްލީގައި ވެރިކަން ކުރަމުން ގެންދާ އޭއޭޕީ އިން ވަނީ ނިއުދިއްލީގެ ޤާނޫނު ހަދާ މަޖިލީހުގެ 70 ގޮނޑީގެ ތެރެއިން 52 ގޮނޑި ކާމިޔާބު ކޮށްފައި ކަމަށް އެގްޒިޓް ޕޯލްތަކުން ދައްކައެވެ.

ހޮނިހިރު ދުވަހު އޮތް އިންތިޚާބުގައި ވޯޓް ލުމަށް 14.6 މިލިއަން މީހުން ރަޖިސްޓްރީ ވިއެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާތައް ލިބޭނީ ބެލެވޭ ގޮތުގައި އަންގާރަ ދުވަހު އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ނިއުދިއްލީގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު މޯދީގެ ބީޖޭޕީއަށް ނާކާމިޔާބުވާން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ ވެސް މުސްލިމުންނާއި، މައިނޯރިޓީންނާއި ދެކޮޅަށް މޯދީގެ ސަރުކާރުން ހިންގަމުން ގެންދާ ޖަރީމާތަކެވެ. ފާއިތުވި ހަތަރު ވަރަކަށް މަސް ދުވަހު ބީޖޭޕީ އާއި ދެކޮޅަށް އިންޑިއާގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކުގެ އަސަރު މިއިންތިޚާބަށް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނިއުދިއްލީގެ އިންތިޚާބަކީ މޯދީގެ މަގުބޫލްކަން ޓެސްޓް ކޮށްލަން ލިބޭ ފުރުސަތެއް ކަމަށް އިންތިޚާބުގެ ކުރިން ވެސް ބައިނަލްއަޤުވާމީ މީޑިއާތަކުން އައީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުސޭނުބޭ

    މޯދީ ކައިރީގައި ބުނޭ ތި ނާކާމިޔާބީ ހަދާންނައްތާލުމަށް ދުވާލު ދެއިރު އިރަކު 3 ސަމުސަލު ގެރީ ނަޖިސް ކާށޭ! ކެކެކެކެކެކެ

    55
    2
  2. ބުއްޅަބޭގެލޮލާލޯ

    އިންޑިޔާގެ މުސްލިމުންނަށް ހުރި އުފަލެއްގެ ބޮޑު ކަމާއޭ

    63
    3
  3. Anonymous

    الحمدلله

    57
    2
  4. ޖިންނި

    الحمدلله !

    29
    1
  5. މަރީ

    ހައްހައްހާ

    13
    1
  6. ޒާ

    މުސްލިމުންގެ ދުޝްމަނުން ބަލި ކުރައްވާށި،

    31
    2
  7. މޯދީ އެންޓި

    الحمدلله.

    13
  8. ވިސްނާ

    ٱلْحَمْدُ لِلَّٰهِ