އީރާނުގެ ނިއުކްލިޔާ ޕްލާންޓެއްގެ ކައިރިއަށް 5-5 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.

އެ ބިންހެލުމުގެ އަސަރު ބަހްރެއިން އާއި ގަލްފް ސަރަހައްދުގެ ބައެއް އެހެން ހިސާބުތަކަށް ވެސް ކޮށްފައިވާ ކަމަށް ރިޕޯޓުތަށް ބުނެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނާގޮތުގައި އީރާނުގެ ބުޝެރް ނިއުކްލިޔާ ޕްލާންޓް ކައިރިއަށް މި ބިންހެލުން އައިސްފައިވަނީ ޖީއެމްޓީ ގަޑިން މިއަދު ހެނދުނު 6:34 ހާއިރުއެވެ. ބުޝެރް ނިއުކްލިޔާ ޕްލާންޓަކީ އީރާނުގައި މިވަގުތު އޮޕަރޭޓު ކުރަމުންދާ ހަމައެކަނި ނިއުކްލިޔާ ޕްލާންޓު ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ބިންހެލުމާ ގުޅިގެން މީހަކަށް އަދި ތަނަކަށް ވެސް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތު އަދި ލިބިފައެއް ނުވެއެވެ.

އީރާނަށް މިހާތަނަށް އެންމެ ނުރައްކާތެރި ބިންހެލުމެއް އައިސްފައިވަނީ 2003 ވަނަ އަހަރުއެވެ. 6.6 ގެ ބާރުމިނުގައި އައި އެ ބިންހެލުމުގައި 26،000 މީހުން މަރުވެފައިވެއެވެ. އެ ބިންހެލުން އައިސްފައިވަނީ މިއަދުގެ ބިންހެލުން އައި ބުޝެރް ނިއުކްލިޔާ ޕްލާންޓުގެ ކައިރިއަށެވެ.

ނަމަވެސް އެފަހަރުގެ އެ ބިންހެލުމުގައި އެ ނިއުކްލިޔާ ޕްލާންޓަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.