ހޫނު ގަދަވާން ފެށުމުން އޭޕްރީލް މަހު ކޮރޯނާވައިރަސް "ގެއްލޭނެ" ކަމަށާއި އެހައި ހިސާބުން ކޮރޯނާވައިރަސް އިން ސަލާމަތްވީ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މިހެން ބުނީ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގައި އިއްޔެ ރޭ އެމެރިކާގެ ގަވަރުނަރުންނަށް ބޭއްވި ރޭގަނޑުގެ ކެއުމެއްގައި ވާހަކަ ދައްކަމުންނެވެ.

"ހޫނު ގަދަވުމުގެ ސަބަބުން މިބާވަތުގެ ވައިރަސްތައް މަރުވެގެން ދާނެ." ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް ކޮރޯނާވައިރަސް އާއި ބެހޭ ގޮތުން ދެއްކި ވާހަކަތަކަށް ގިނަ ބަޔަކު އަންނަނީ މަލާމާތް ކުރަމުންނެވެ. އަދި ޓްރަމްޕް ދެއްކި ވާހަކަތަކަކީ އެއްވެސް ދިރާސާއަކުން ސާބިތުވެފައިވާ ކަމެއް ނޫންކަމަށް ސިއްހީ ދާއިރާގެ ތަޖުރިބަކާރުން ވެސް ވިދާޅުވެއެވެ.

ޓްރަމްޕް ވަނީ އެމެރިކާ އިން ކޮރޯނާވައިރަސް އާއި ދެކޮޅަށް ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވެސް ބުނެއެވެ. "އަހަރެމެން ކޮރޯނާވައިރަސްގެ މައްސަލަ މިހައްލު ކުރަނީ ވަރަށް މޮޅަށް." ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް ވަނީ ކުރިއަށް އޮތް އަހަރު އެމެރިކާގެ އިޖުތިމާޢީ އަދި ސިއްހީ ކަންކަމަށް ސަރުކާރުން ހޭދަކުރާ ބަޖެޓް ކުޑަކުރަން ނިންމި ކަން ވެސް އިއުލާން ކޮށްފައެވެ. ބަޖެޓް ކުޑަކުރުމުން ލިބޭ ފައިސާ ޚަރަދު ކުރަން ނިންމާފައި ވަނީ އެމެރިކާ އާއި މެކްސިކޯއާ ދެމެދު ރާނަމުން ގެންދާ ފާރަށާއި އެމެރިކާގެ އަސްކަރިއްޔާގެ ގާބިލްކަން އިތުރު ކުރުމަށެވެ.

މީގެ އިތުރުން ޓެކްސްތައް ކުޑަކޮށްގެން އެއް ޓްރިލިއަން ޑޮލަރުގެ އާމްދަނީއެއް މަދުކުރަން ވެސް ޓްރަމްޕް ވަނީ ނިންމާފައެވެ.

އެމެރިކާގެ ބަޖެޓް ފުރަތަމަ ފާސްކުރަން ޖެހެނީ ކޮންގްރެސް އިންނެވެ. ކޮންގްރެސްގައި ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތެއް ނެތެވެ. އެހެންކަމުން ޓްރަމްޕް ބޭނުންވާ ބަދަލުތައް ބަޖެޓަށް ގެނައުމަކީ ނާދިރު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ރިވާ

  ނަޝީދު ދައްކާ ކަހަލަ ހަމަނުޖެހޭ ވާހަކަ ދައްކާ މީހެއް މިވެސް.

  92
  4
 2. ރައްޔިތުން

  މީ އަނެއް އަންނިބެ

  70
  5
 3. Anonymous

  ތިޔަ ޓުރަންޕަކީ ބޮޑު ނުފުރުއްޕާނެއް ކަހަލަ އެއްޗެއް ހުވާ މި ބުނީ!

  87
  2
  • ު

   ކަ ލޭގެ ނުފޯރުއްޕާން މާ ބޮޑެއް ނޫންތަ

   3
   6
 4. ފަޅޯ

  ހަހަހަހަ.....ތި ބީތާގަޑު ތީ ބޯހަމަ ނުޖެހޭ އެއްޗެއް...މީނަގެ ކޮޕީއެއް އުޅޭނެ މި ރާއްޖޭގަވެސް މިހާރުގެ ނަމަކީ ބުއްޅަބޭ....އަހަހަހަހަ....މީނަ ބޮލުގަ ނުރަޖެހީމަވެސް މީނަޔައް އެގެނީ މިޒާތުގެ ޅަފުރައިގެ ނުވިސްނޭ ކުޑަކުދިން ދައްކާކަހަލަ ވާހަކަ ދައްކަން....ހޫނު މޫސުމް އައީމަ މީނަ ބުނާނީ ކީކޭބާ....؟؟؟ ޢިތުރައް ހޫނުގަދަކުރަން ފަންކާއާއި އޭސީ ވެސް ބޭނުންކުރުން ހުއްޓާލަން ވީއޭ ތޯއްޗެއް...ހަހަހަހަހަ....😂

  35
  1
 5. ގގގގގގދދ

  މިވަރު ކަމެއް ދެކުނިންތަ

  15
 6. މުހައްމަދު

  އެމެރިކަން ގަންޖާ+މޯލްޑިވިއަން ގަންޖާ= ބޯބުރާންތި.

  10
  1
 7. ދެބަންޓި

  މީއަދިމާމޮޅުމީހެއްފިނިހޫނުމިނަކީބަޅލީގެސިފާއެއްތަ

 8. އަސްތާ

  އަވަހަށް އެންމެން އަވީލާންވީނު އެހެންވީމަ. މިހާރު ޖެހިފައި ތިބި މީހުންވެސް އެފްރިކާ ހިސާބުގެ އެންމެ ހޫނުގަދަ ތަންތަނަށް ގެންގޮސްގެން ރަގަޅުކޮށްލެވޭނެ އެހެންވީމަ.

 9. މުހައްމަދު

  ކީރިތިރަސޫލާ ތުއްޕުޅުއިރު ހަލީމަތުގެ ފާނުންގެ އަރިހުގައި ހޫނު ހަނަފަސް ސަހަރާއެއް ގައި ބޮޑުފުޅުވީ ކީއްވެގެންކަން އަހަރުމެން މުސްލިމުން ނަށް ނޭގުނަސް ޓްރަމްޕައް އެގެޔޭ. ގަމާރީ ކަލޭމެން.

  1
  3