މިހާރު ހަލުވިކަމާއި އެކު ފެތުރެމުން ގެންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ތައްޔާރު ކުރާ ވެކްސިން ބޭނުންކުރަން ފެށޭނީ 18މަސް ފަހުން ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ވޯލްޑް ހެލްތު އޯގަނައިޒޭޝަން) އިން ބުނެފިއެވެ.
ސިއްޙަތު ޖަމިއްޔާ އިން ވިދާޅުވީ ކަން މިހެން އޮތުމާއި އެކު މިހާރު އޮތް ހަމައެކަނި ގޮތަކީ މިހާރު ބޭނުން ކުރެވެން ހުރި އާލާތްތައް ބޭނުންކޮށްގެން ކުރެވެން ހުރި ހުރިހައި ކަމެއް ކުރުން ކަމަށެވެ.
ކޮވިޑް-19 އަށް ވެކްސިނެއް އުފައްދަން ޗައިނާގެ އެންމެ މުއްސަނދި މީހާ، އަދި އަލީބާބާގެ އިތުރުން އަލީ އެކްސްޕްރެސްގެ ވެސް ވެރިޔާ ކަމުގައިވާ ޖެކް މާ ވަނީ ސައިންސްވެރިންނަށް އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށްފައެވެ.
މިހައިތަނަށް ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދިފައި ނުވާއިރު، މި ވައިރަސްގެ ސަބަބުން ދުނިޔޭގެ އިގްތިސާދުތަކަށްވެސް ދަނީ އޭގެ ނޭދެވޭ އަސަރު ކުރަމުންނެވެ.
ނަމަވެސް ޗައިނާގެ ސައިންސްވެރިން ވަނީ މިހާރު ވެކްސިނެއްގެ ކްލިނިކަލް ޓްރިއަލް ފަށާފައެވެ. މިއީ މިހާތަނަށް ވެކްސިން އުފެއްދުމުގައި ހޯދުނު އެންމެ ބޮޑު ކުރިއެރުމެވެ.
އިނގިރޭސިވިލާތާއި އެމެރިކާ އަދި އޮސްޓްރޭލިއާ އާއި އެހެން ބައެއް ގައުމުތަކުގެ ސައިންސްވެރިން ވެސް ގެންދަނީ ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. ބޭސް އުފައްދާ ދުނިޔޭގެ 12 އަށް ވުރެ ގިނަ ކުންފުނިން ގެންދަނީ ވެކްސިނެއް އުފެއްދުމަށް މަސައްކަތް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެޖެންޑާ 19 އަކީ ވެސް ނުރައްކާތެރި ވައިރެސް. ރައްޔިތުން ސަމާލުވޭ ގައުމު ވީރާނާ ވުމުގެ ކުރިން
ޢެޖެންޑާ19ގެ އައްޕަ އެތިދޯ ކޮވިޑް 19އަކީ އަމައްޔާތްއި ބޮޑު ބިރު ވައްތަރު ހުންނަނީ ދޯ
ޢެހެންނުކިޔޭނެ، 19އެއީ އަހަރެންގެ ފިކުރީގެ މުދާގަޑެއް. ކިހިނެއް ހަދަން ތިޔައުޅެނީ!