ސިއްހީ ނިޒާމް ބަލިކަށި ގައުމަކަށް ކޮވިޑް-19 (ކޮރޯނާވައިރަސް) ފެތުރިއްޖެނަމަ އެ ގައުމެއް ފަނާވެދާނެކަމުގެ އިންޒާރު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އިން ދީފިއެވެ.

ސިއްހަތު ޖަމިއްޔާ އިން ބުނެފައި ވަނީ އެފަދަ ގައުމަކަށް ވައިރަސް ފެތުރިދާނެތީ އެ ޖަމިއްޔާ އިން ކަންބޮޑުވާ ކަމަށެވެ.

ނަމަވެސް އަދި އެފަދަ ގައުމުތަކަށް ވައިރަސް ފެތުރުން ހުއްޓުވިފައިވާ ކަމަށާއި އެކަމަކު އެ ގައުމުތަކަށް ވައިރަސް އެރުމުގެ ފުރުސަތު އޮތްކަން އެ ޖަމިއްޔާ އިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރަށް އެ ޖަމިއްޔާ އިން ބުނެފައި ވަނީ ވައިރަސް ހުއްޓުވުމުގެ ފުރުސަތު އެބައޮތް ކަމަށާއި، މިހާރުން ފެށިގެން ވައިރަސް ހުއްޓުވަން އެދެވޭ ފިޔަވަޅުތައް އަޅަން ފަށައިފިނަމަ އެކަން ވާނޭ ކަމަށެވެ.

ކޮވިޑް-19 ޖެހިގެން މިހައިތަނަށް 1000ށް ވުރެން ގިނަ މީހުން މަރުވެފައިވާއިރު 10،000ށް ވުރެން ގިނަ މީހުން ވަނީ ވައިރަސް އަށް ޕޮސިޓިވް ވެފައެވެ.

ކޮންމެ ދުވަހެއްގައިވެސް ވައިރަސްގެ ސަބަބުން މަރުވާ މީހުންނާއި ވައިރަސް ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ސިއްހީ މާހިރުން މިހާރު ބުނަމުން އަންނަ ގޮތުގައި ކޮވިޑް-19 ވައިރަސް އަކީ 2003ވަނަ އަހަރު ޗައިނާ އިން ފެތުރެން ފެށި ސާސް ވައިރަސް އަށް ވުރެންވެސް ނުރައްކާތެރި ވައިރަސް އަކަށްވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެހެންވެއްޖެ ކަމުގައި ވަނީނަމަ ކޮވިޑް-19 ވެގެންދާނީ ފަހުގެ ތާރީޙެއްގައި ފެތުރެން ފެށި އެންމެ ނުރައްކާތެރި އެއް ވައިރަސް އަށެވެ.

ސިއްޙީ ނިޒާމް ބަލިކަށި ގައުމުތައް ކަމަށްވާ އެފްރިކާ ފަދަ ގައުމުތަކަށް ވައިރަސް ފެތުރެން ފަށައިފިނަމަ އެއީ ފަހުގެ ތާރީޚެއްގައި އިންސާނިއްޔަތު ދެކޭނެ އެންމެ ނުރައްކާތެރި ހާލަތައް ވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ސައިންސްވެރިން މީގެ ކުރިން ވެސް ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ސިޓީ ކައުންސިލް ތުއްތަ

  ދެ ލޯ ފުޅާ ޗައިނާ ގައި ސިއްޙީ ނިޒާމް ބަލިކަށިތަ

  8
  20
  • އައްޔަ

   ބަލިކަށްޓެއް ނޫން އެހެންވީމަ އެއް ނު އެވަރު އެވަނީ
   ވަގުތުން ރޮބަޓު އުފައްދަނީ ބަލި. ީހުން ކައިރިއައް ދާން

   2
   1
 2. އަސްލަމު

  ރާއްޖެއަށް މި ބަލި އަންނާނެ. ރާއްޖެއިން ގިނަ އަދަދެއްގެ މީހުންވެސް މަރުވާނެ. ސަބަބަކީ ސަރުކާރުން މިކަމައް އެކަށީގެންވާ ފިޔަވަޅެއް ނެތް އަޅާ ފައެއް. ސަރުކާރުން ހަދަނީ ހުސް ދޮގު. ފަތުރަނީ ހުސް ދޮގު މައުލޫމާތު.

  48
  40
  • .....

   ބުރޯ....ދެން މިގައުމުގަ ވެރިއަކަށް އަންނާނީ ކާކުތަ...ނުވަތަ ބުރޯ އަށްއެނގޭތަ މަރުވާނެ ދުވަސްވެސް ތިގޮތައް ބުނަން

   30
   4
 3. ޑ

  މިގައުމުގައި މިއޮތީ ހުސް ބަންގާޅިން!ގޮތެއްފޮތެއްނެތް! ޖެހުނުތަނަކަށް އަރިދަފުސް ފޮޅާ ގަމީހުގައި ފޮހެ އެއޮއްހަދަނީ!ކުޅުޖަހާކަށް ހަމއެއްނެތް! މަސައްކަތުގައި އުޅެފައި ސިމެންތި އާއި ކުލަ އުގުޅިގެން ދާހިއްލާ ފޯވެތިބެ މިސްކިތްތަކަށް އެއޮށްއަރަނީ! ޙެލްތުން ކަމެއްބަލާތަ! ބޮޑުކަޑާ ކަޑަ ވަޒީރެއް!އަމާ ބުނީމަ ފަރަށް ދާ ބަޔަކު ތިބިތަނެއް!

  18
 4. ކެކެކެކެ

  އެވަރުގެ ވައިރަސް ކަލޭމެން އުފައްދާ ފެތުރީ ކީއްވެޔޯ ދެން....މާ އިންސާނިއްޔަތަށް ހެޔޮ އެދޭ ކަމަށް ހެދިގެން މުޅިދުނިޔެ ފަނާކުރަނީ ކަލޭމެންކަން ނުދަންނަ ވަރަށް މަދު މީހަކު މިހާރު ދުނިޔޭގަ ތިބީ...އޭގެ ތެރޭގަ ކުލަ ކުލައިގެ ހުންޖެހި އެ ހުމުގައާވާރާ ވެފަ ތިބި ހައެއްކަ މީހުންވެސް އެބަތިބި....ހިތާމައަކީ ކަލޭމެން ދޭ މަދު ފައިސާކޮޅަށް ދަހިވެތިވެގެން ބަޔަކު ރައްޔިތުންނަށް ހަރާންކޯރުވާތީ...އެމީހުން ހުވާ ކުރަނީ ރައްޔިތުން ހިމާޔަތްކުރަން...އެކަމަކު ކަން ކުރަނީ ރައްޔިތުން ހަލާކު ކުރަން....މިކަން ވިސްނާލި ކޮޮންމެ ދިވެއްސަކަށް ސާފުވާނެ

  58
  1
 5. ޭއެޖެންޑާ19

  ނުރައްކަ އެއްޗެއް ވިއްޔާ ފަހަތަށް 19 އަންނާނެ، ތިމައްސަލާގަ ޑަބުލިޔޫ އެޗް އޯ އުވާލަން އެމްޑީޕީ އިން ގޮވާ ނުލާބާ؟

  3
  1
 6. މަރިޔަމް މޫސާ

  އެޖެންޑާ19 ވައިރަސް ވަރަށް ބޮޑަށް ރާއްޖެއަށް ވަނީ ފެތުރިފާ. އެނާގެ ކޮއްކޮ ކޮވިޑް19 ވެސް ........