ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖޯކަކަށް ނެގި މީހާއަށް 5 އަހަރުގެ ޖަލު ހުކުމެއް ކޮށްފިއެވެ.
މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރަޝިއާގެ ސަބްވޭ ސްޓޭޝަނެއްގައެވެ.
މީސްމީޑިއާގައި އާއްމު ވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ޒުވާން އުމުރުގެ ފިރިހެނަކު މާސްކު އަޅައިގެން ހުރެފައި އެންމެންގެ ތެރެއަށް ވެއްޓިގަނެއެވެ. އަދި އޭނާ ވެއްޓުމުން އޭނާއާއި އެކީ ތިބި ރައްޓެހިން އޭނާ އަށް ކޮވިޑް 19 ޖެހިފައިވާ ކަމަށް ބުނެ ވަނީ އެތަނުގައި އެވަގުތު ތިބި މީހުން ބިރުގަންނުވާފައެވެ.
އޭނާ އަކީ ތަޖިކިސްތާނަށް އުފަން ފިރިހެނެކެވެ. ރަޝިއާގެ ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރު ކޮށްފައިވަނީ އެއްވެސް ސަބަބަކާއި ނުލައި ނުރައްކާތެރި ވައިރަސްއެއް ޖެހިފައިވާ ކަމަށް ބުނެ ބިރުދެއްކި މައްސަލައިގައި ކަމަށެވެ. އަދި އެފަދަ ކަންކަމަކީ އެގައުމުގައި މަދުވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އޭނާ ވަނީ އެ ވީޑިއޯ އޭނާގެ އިންސްޓަގްރާމް ޕޭޖަށްވެސް ޝެއާ ކޮށްފައެވެ. އެހެން ނަމަވެސް މިހާރު އެ ވީޑީއޯ ނަގާފައިވާ ކަމަށް މީޑީއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
އޭނާގެ ދިފާއީ ވަކީލު ބުނެފައިވަނީ އޭނާ އެގޮތަށް ކަންތައް ކޮށްފައިވަނީ މީހުން ހޭލުންތެރި ކުރުމުގެ ގޮތުން ކަމަށެވެ. އެގޮތުން އޭނާ ބުނީ، އެތަންތަނަކީ ގިނަ އަދަދެއްގެ ބަޔަކު އެއްވެ އުޅޭ ސަރަހައްދެއް ކަމުން ގިނަ މީހުން އެކަމާއި ވިސްނަން ޖެހޭ ކަމަށެވެ.
ކޮވިޑް 19 ތަ ޖެހުނީ