އިންޑިއާގެ ކެރެލާގެ ފަތުރުވެރިންތަކެއް މަރުވި ނޭޕާލުގެ ރިސޯޓް ބަންދުކޮށްފިއެވެ.

ޖެނުއަރީ 21 ވަނަ ދުވަހު އެ ގައުމުގެ އެވެރެސްޓް ޕެނެރޯމާ ރިސޯޓުގައި ގޭސް ލީކްވެގެން އިންޑިއާގެ އަށް މީހަކު މަރުވިއެވެ. މަރުވި މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނެއެވެ. އެ މީހުން މަރުވެފައި ވަނީ ގޭހުގެ ސަބަބުން ހާސްވެގެންނެވެ.

އެ ރިސޯޓް ހިންގުމުގެ ހުއްދަވެސް މިހާރު ވަނީ ތިން މަސް ދުވަހަށް ސަސްޕެންޑްކޮށްފައެވެ. އެއީ އެ ރިސޯޓުގެ ސެކިއުރިޓީ މެނޭޖްމެންޓްގެ ދަށްކަމުންނާއި، މެނޭޖްމެންޓުގެ ފެންވަރު ދަށްކަމުންނެވެ.

މަރުވި އެ މީހުންނަކީ 15 މީހުންގެ ކެރެލާ ގްރޫޕެއްގެ ތެރޭގައި ހިމެނޭ ބައެކެވެ.

ގޭސް ލީކްވެފައި ވަނީ، އެ މީހުން ތިބި ކޮޓަރީގެ ހީޓަރުންނެވެ. އެ ހާދިސާ ހިނގުމާއެކު، އެމީހުން ހެލިކަޕްޓަރުގައި އެޗްއޭއެމްއެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް މަކަވަންޕޫރް ފުލުހުން ބުނެފައި ވެއެވެ.

ނޭޕަލްގެ ފަތުރުވެރިކަމާއި ބެހޭ ޑިޕާޓްމެންޓުން އެ ރިސޯޓުގެ ލައިސަންސް ތިން މަސް ދުވަހަށް ސަސްޕެންޑް ކުރިއިރު، އެ ރިސޯޓުގެ ހާލަތު ބެލުމަށް ހާއްސަ ކޮމެޓީއެއް އުފެއްދިއެވެ. އެ ކޮމެޓީން ކުރި ތަހުގީގުތަކުން އެ ރިސޯޓުގެ ކަންކަން ހުރީ ވަރަށް ދަށްފެންވަރު ކޮށެވެ. އަދި ގެސްޓުންނަށް ރައްކާތެރި ހިދުމަތްތަކެއް ފޯރުކޮށްނުދެވޭ ކަމަށް ބުނެފައި ވެއެވެ.

އެ ކޮމެޓީން ބުނެފައި ވަނީ، އެ ރިސޯޓުން އަލުން ހިދުމަތްތައް ދިނުމަށް އެދޭނަމަ، ހުރިހާ ގަވާއިދުތަކަށް އެ ރިސޯޓުން އަމަލުކުރަން ޖެހެއެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ އެސެސްމެންޓްވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު