ކޮވިޑް-19 އާ ގުޅިގެން އުތުރު ކޮރެއާގައި ކަރަންޓީން ކުރި މީހަކު ބަޑި ޖަހާ މަރާލައިފިއެވެ.

ސަރުކާން އޭނާ މަރަން އަމުރު ކުރީ ކަރަންޓީނު ކޮށްފައިވާ ތިބޭމީހުން އަމަލު ކުރަން ޖެހޭ އުސޫލުގައި ހިލާފު ވުމުންނެވެ.

މަރާލާފައި ވަނީ ސަރުކާރުގެ އޮފިޝަލެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ ކޮރޯނާ ވައިރަސް ޖެހިފައި ތިބޭ ފަރާތްތަކުން ކަރަންޓީން ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އެކުލަވާލާފައެވެ.

އޭނާ އެގޮތަށް ފިޔަވަޅު އަޅާފައިވަނީ ޗައިނާއިން އެގައުމަށް އައި މީހުން ކަރަންޓިން ކުރުމަށެވެ.

އެގައުމުގެ ސަރުކާރުގެ އޮފިޝަލަކު ބަޑި ޖަހައި މަރާލާފައިވަނީ އޭނާ ގިނަ އަދަދެއްގެ މީހުން ހެދުން ދޮވުމަށާއި ފެންވެރުމަށް އެއްވާ ތަނަކުން ފެނިގެން ކަމަށް މީޑިއާ ރިޕޯޓް ތަކުން ވަނީ ބުނެފައެވެ.

މިއީ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް ބަޑި ޖަހައި މަރާލާފައިވާ ފަހަރެވެ.

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ އިރު މިހާތަނަށް 1000 ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޑަރޭ

  ކޮވިޑު 19 އާއި އެޖެންޑާ 19 ގައި އެއްގޮތް ސިފަތަކެއް ހުރިކަ މަށް ފެނޭ....

  49
  9
 2. މާހިރު

  ހިއުމަން ރައިޓް ކޮބާ؟؟؟

  8
  5
  • ޏަމްޏަމް

   ހިއުމަން ރައިޓްސް އަކައްވެސް އުތުރުކޮރެއާ ގަ ގަޑަގަޑައެއް ނޭޅުވޭނެ.

   19
 3. ލަޅ

  ވަރައް ރަގަޅު

  7
  8