6.9 މެގެނެޓިއުޑް ބާރުމިނުގައި ރަޝިއާއާއަށް ބިންހެލުން އަތުވެއްޖެއެވެ.

ޔޫއެސްގެ ޖިއޮލޮޖިއަލް ސާވޭ އިން ހާމަކުރިގޮތުގައި، ރަޝިއާއަށް އައިސްފައި ވަނީ ތިން ބިންހލުމެވެ. ނަމަވެސް އެންމެ ފަހުން ބުނެފައި އައީ އެއް ބިންހެލުން ކަމަށެވެ.

އެ ބިންހެލުމުގެ ލޮޅުން ޖަޕާނަށް ކުރިއެވެ.

މި ބިންހެލުން އައިސްފައިވަނީ 100 މޭލު ކަނޑު އަޑިން ކަމަށް ޖަޕާނުގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ. އެހެން ކަމުން ބިންހެލުމުގެ ސަބަބުން މީހަކަށް އަނިޔާވެ އިމާރާތްތަކެއް ބިމާއި ހަމަވެފައި ނުވެވެ.

ބިންހެލުމުގެ ސަބަބުން ސުނާމީގެ އަސަރު ގުއާމް، ރޮޓާ، ޓިނިއަން އަދި ސައިޕަން އަށް ނުކުރާނެ ކަމަށް ސުނާމީގެ އިންޒާރު ދޭ ފަރާތްތަކުން ވަނީ ބުނެފައެވެ.