އިސްލާމްދީނުގެ އަސްލުތަކާއި ފުށު އަރާތީ އިންޑޮނޭޝިޔާގެ ސިޓީ އެއްގައި މާދަމާ އަންނަ ވެލަންޓައިންސް ޑޭ ފާހަގަކުރުން މަނާކޮށްފައެވެ.

ބަންޑަ އަސާ ނަމަކަށް ކިޔާ އެ ސިޓީގެ މޭޔަރު އަމީނުﷲ އުސްމާން ވިދާޅުވެފައި ވަނީ މާދަމާ އެ ސިޓީގައި ވެލައިންޓައިންސް ޑޭ ފާހަގަކުރުމަކީ މަނާ ކަމެއް ކަމަށާއި މި ދުވަސް ފާހަގަކުރުމަށް މާދަމާ އެ ސިޓީގެ އެއްވެސް ރެސްޓޯރެންޓެއް ނުވަތަ ހޮޓަލެއްގައިވެސް ޙާއްސަ ހަފްލާ އެއް ނުބޭއްވޭނެކަން އެތަންތަނަށް އަންގާފައިވާ ކަމަށެވެ.

”އިސްލާމްދީނުގެ އަސްލުތައް ހިފެއްޓުމަށާއި ދީނުގެ އަސާސްތަކާއި ގަބޫލުކުރުންތައް ވަރުގަދަ ކުރުމަށް މި ސިޓީގެ ހުރިހާ ރައްޔިތުންނަށް އާއްމުކޮށް މި އަންގަނީ ވެލަންޓައިންސް ޑޭ ފާހަގަ ކުރުމަކީ އިސްލާމީ ގަބޫލުކުރުންތަކާއި ފުށު އަރާކަމެއްކަމުން މި ސިޓީގައި މި ދުވަސް ފާހަގަ ނުކުރެވޭނެކަން“ މޭޔަރު ބުނެފައިވެއެވެ.

270،000 މީހުންގެ އާބާދީ އެއް އޮންނަ އެ ސިޓީގައި މި ދުވަސް ފާހަގަކުރާ މީހުންނާއި މެދު ފިޔަވަޅު އެޅިގެން ދާނެއިރު، ގިނަ ބަޔަކު އަންނަނީ މިއީ ރަނގަޅު ނިންމުމެއް ކަމަށް ބުނަމުންނެވެ.

ވެލަންޓައިންސް ޑޭ އަކީ ކްރިސްޓިއަން ދީނުގެ މީހުންނާއި ގުޅިފައިވާ ދުވަހެއް ކަމުގައިވާިއރު، މި ދުވަސް ފާހަގަކުރަން ފެށީވެސް އެމީހުންނެވެ. ނަމަވެސް މިހާރު ގިނަ ދިވެހިން ހިމެނޭހެން މުސްލިމުންނަށްވެސް މި ދުވަހުގެ ހަގީގަތް އޮންނަނީ އޮޅިފައެވެ. ހުޅަނގުގެ ގައުމުތަކުން ކުރާ ކޮންމެ ކަމެއް ދެކޮޅު ނުބަލައި އޮންނަނީ ކޮޕީކުރަން ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    މިރާއްޖޭ ގަވެސް މިކަހަލަ މޭޔަރުން ތިބޭނަމަ ކިހާރަނ ގަޅު.

    71
    3
  2. މުހައްމަދު

    އަލެފަހެ ދިވެހިރާއްޖޭގަމަނާނުކުރީކީވެބާ

    53
    3
  3. ލޫތް

    އަހަރެމެންގެ މި ރާއްޖޭގަވެސް އިސްލާމް ދީނަށް ލޯބިކޮށް މިކަން ކަން މަނާ ކުރާނެ ވެރިން ތަކެއް އުޅޭނެ ނަމައޭ ހިތަށް އަރާ......

    68
    3
  4. ރަނގަޅު

    ތި ދުވަސް ފާހަ ގަކުރުމަކީ ސީދާ ހަރާން ކަމެއް.. ތި ފާހަ ގަކުރާ ތަންތަނަށް ކޯފާ ވެސް އައިސްފައި އައެބަހުރި.. ގިނަ ދިވެހިން ނަކީ ގަމާރު ބައެއް..ކާފަރުން ކުރާ ކޮންމެ ކަމެއް ކޮޕީ ކުރާނެ..

    44
    2
  5. Anonymous

    ރާއްޖޭގައި ވެސް އެދުވަސް ފާހަގަކުރުން މަނާ ކުރަން ތާއީދު

    44
    3
  6. ޣަނީ

    މިކަހަލަ ހައްދުފަހަނައަޅާފަ ތިބޭމީހުން ވެރިކަމުގަ ތިބޭތި މުސްލިމްގައުމުތައް ކުރިނާރަނީ

    10
    37
    • ކިޔާ

      ހައްދު ފަހަނައެޅުމަކީ މާތްﷲއާއި އެއިލާހުގެ ރަސޫލާއަށް އަމަލާއި ބަހުން ނުކިޔަމަންތެރިވުން. މީ އަހަރެމެން މިބަސް މާނަކުރާގޮތް.

      22
      3
  7. އިންޑޮނޭޝިއަން

    ماشاءالله

    31
    2
  8. ބޭން

    މިދުވަސް ފަހަޤަކުުމަކީ ކަނޑައެޅިގެން ޙަރާމް ކަމެއް. ﷲ ގެ ކޯފާ އަށް ބިރުވެތިވެ ލައްވާ. ތިބާ އެންމެ ލޯބިވާ މީހެއް އުނިކޮށްގެންވެސް ތިބާ އަށް ކޯފާ އައިސް ދާނެ. އެއީ އެކި ސިފަ ސިފައިގައި އަންނަ އެއްޗެއް.

    24
    2
  9. ދިވެހި ރައްޔިތެއް

    އަލްޙަމްދު ލިﷲ