ސިންގަޕޫރުގައި މުޅިން އަލަށް 9 މީހަކަަށް ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް ފެރުރިއްޖެއެވެ.

މުޅިން އަލަށް ވައިރަސް އަށް ޕޮސިޓިވް ވި މީހުންގެ ތެރެއިން އެކަކުވެސް ޗައިނާ އަށް ދަތުރުކޮށްފައެއް ނުވެއެވެ.

މިހާރު ސިންގަޕޫރުން ޕޮސިޓިވް ވި މީހުންގެ ޖުމްލަ އަދަދު ވަނީ 67ށް އަރާފައެވެ.

މި ނުވަ މީހުންނަކީވެސް ސިންގަޕޫރަށް ނިސްބަތްވާ މީހުން ކަމުގައިވާއިރު މީގެ ތެރޭގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހަކުވެސް ހިމެނެއެވެ.

ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިއަދު ވަނީ 1486 އަށް އަރާފައެވެ. މަރުވި މީހުންގެ އަދަދު 1400 ފަހަނައަޅައި ގޮސްފައި ވަނީ އިއްޔެ އެކަނިވެސް ޗައިނާ އިން މިބަލީގައި 116 މީހުން މަރުވުމުންނެވެ. އަދި ޖަޕާނުން ވެސް އިއްޔެ ވަނީ މީހަކު މަރުވެފައެވެ.

ކޮވިޑް-19 ގެ ނަން މިހާރު ދީފައިވާ ކޮރޯނާވައިރަސް ފެތުރެން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުއެވެ. ޖަނަވަރީ މަހުގެ ފަހުކޮޅު ބަލި ވަރަށް ބޮޑަށް ފެތުރި ޗައިނާ އިން އެހެން ގައުމުތަކަށް ދަތުރު ކުރާ މީހުން ވެސް މިހާރު ވަނީ ހުއްޓުވާފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މުޅި ދުނިޔޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަލާމް

    މިހާރު މިކަނ ނެދުވއރި ވަނީ ހަމަ އެކަނި ޗައިނާއިން ކަމަށް ވިސްނާ ހިސާބަށްވުރެ ބޮޑަށް މި ވަނީ ފެތުރިފައި. ދިވެހިންވެސް އެހެން ގައުމުތަކަށް ގޮސް އައިސް ވުމުގައި ވެސް ކަރަންޓީން ވާން ޖެހޭ. ކްރޫޒްލައިނާތައްވެސް ރަށްރަށް މީހުން އަރުވާ ބެލުން ހުއްޓުވަން ޖެހޭ ހިސާބަށް މިވަނީ ގޮއްސާ.

    5
    1
  2. ޥަބާޖީ

    މިތަނުން ތިކަމާބެހޭ ޓެސްޓެއް ހަދަންޏާ ލޭނަގައިގެން ދަތުރު ހަދައިގެން ދާންޖެހޭނީ އުތުރު ކަރައަށް! ނަތީޖާ ލިބޭނީ ފުރާނަދާފަހުން! ސިންގަޕޫރެއް ޗައިނާ އެއް ތައިލޭންޑެއް ތިކަމުގައި މާބޮޑުތަފާތެއްނެތް! ޑަކްޓަރުންނާއި ނަރުހުންނަށްޖެހޭތީ އޮބިނޯވެ އެދަނީ! ސަރުކާރު މާނިދި މަތުރައިގެން!

  3. އޮނަވިހި

    ނަވާރައަކީ ނުރައްކާތެރި އެއްޗަކަށް ކިޔާ ނަމެއްކަން އަހަރެމެންނަށް އެނގުނުއިރު މިތިބީ މާކުރިން 19 ގައި ޖެހި ހަލާކުވެފައި.

    2
    2