މިދިޔަ އަހަރު ބައިނަލްއަގުވާމީ ފެންވަރުގައި ދިފއީީ ކަންކަމަށް ބޮޑު ހޭދައެއްކޮށްފައިވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ދިރާސާ އިން ދައްކާ ގޮތުގައި 2018 ވަނަ އަހަރާއި މިދިޔަ އަހަރާ އަޅާބަލާ އިރު، ދިފާއީ ކަންކަމަށްކުރި ހޭދަ ހަތަރު ޕަސަންޓު ވަނީ އިތުރުވެފައެވެ. އޭގައިވާ ގޮތުން ކަމުގެ އެންމެ ބޮޑު ހިއްސާއެއް އޮތީ އެމެރިކާ އާއި ޗައިނާއިންނެވެ.

"މިލިޓަރީ ބެލަންސް" ނަމުން ނަން ދީފައިވާ ރިޕޯޓުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، 2018-2019 ވަނަ އަހަރު އެމެރިކާ އިން ދިފާއީ ކަންކަމަށް ކުރި ޖުމްލަ ފަރަގު އެކަނި ވެސް 54.4 ބިލިއަން ޑޮލަރަށް އަރައެވެ. މިއީ އިނގިރޭސި ދިފާއީ ބަޖެޓުގެ އަދަދާ ގާތްގަނޑަކަށް އެއް އަދަދެކެވެ.

އިންޓަނޭޝަނަލް އިންސްޓިޓިއުޓް ފޮ ސްޓްރެޓީޖިކް ސްޓަޑީޒް (އައިއައިއެސްއެސް) އިން އާންމުކުރި ދިރާސާ ބުނާ ގޮތުގައި، ޗައިނާގެ އަސްކަރިއްޔާގެ ވެޕަންސް މޮޑަނައިޒޭޝަން ޕްރޮގްރާމްގެ ތެރެއިން ހިންގާ، ދެނެގަންނަން ދަތި ސުޕާ ސޮނިކް މިސައިލްސް މަޝްރޫއަކީ އެމެރިކާގެ ސަރުކާރު އެކަމާ ކަންބޮޑުވާ މަޝްރޫއެއް ކަމަށް ބުނެފައިވެއެވެ.

އެމެރިކާއިން ދިފާއީ ރޮނގުން ގާބިލުކަން ވަރުގަދަ ކުރުމަށް އިތުރު މަޝްރޫއުތަކަށް ހަރަދުތަކެއް ކޮށްފައިވާކަން މި ދިރާސާއިން ދައްކާއިރު ޗައިނާއާއި އެމެރިކާއިން ދިފާއީ ކަންކަމަށް ހޭދަކޮށްފައިވާ މިންވަރު ވަނީ 6.6 އިންސައްތަ އިތުރު ވެފައެވެ.