ޕާކިސްތާން އާއި އިންޑިއާ އާއި ދެމެދު ކަޝްމީރުގެ މިލްކުވެރިކަމާއި މެދު ހިނގާ ޚިޔާލްތަފާތުވުންތަކުގައި، ތުރުކީ އޮންނާނީ ޕާކިސްތާނާއި އެކުގައި ކަމަށް ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބް އުރުދުއާން ވިދާޅުވެއްޖެއެވެ.
ޕާކިސްތާންގެ އިސްލާމްއާބާދަސް ވަޑައިގެން، އެ ގައުމުގެ މަޖިލީހުގައި ވާހަކަދައްކަވަމުން އުރުދުއާން ވިދާޅުވީ، މުސްލިމުންނާއި ދެކޮޅަށް ހިނގާ ލާއިންސާނީ ކޮންމެ ކަމަކާއި މެދު ބަސްބުނާނެ ކަމަށާ، މުސްލިމުންނަށް އަނިޔާ ކުރުމަކީ ދާހިލީ ކަމެއް ކަމަށް ބަލައިނުގަންނަ ކަމަށެވެ.
"ޕާކިސްތާނަށް އައިސް އަހަރުމެން ބީރައްޓިއްސެއް ނުވޭ. ހީވަނީ ގޭގަ ތިބޭހެން. މިއަދު ޕާކިސްތާނާއި ތުރުކީއަކީ އިސްލާމީ އެހެން ޤައުމުތަކަށް އެކިވެރިކަމުގައި މިސާލެއް." އުރުދުއާން ވިދާޅުވިއެވެ.
މިއީ ޕާކިސްތާނުގެ މަޖިލީހުގައި އުރުދުއާން ތަގުރީރުކުރެއްވި 4 ވަނަ ފަހަރެވެ.
އުރުދުއާން ވިދާޅުވީ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުމަކީ، ބަލަން ތިބެގެން ލިބޭނެ ކަމެއް ނޫން ކަމަށެވެ.
ހަމަޖެހުން ޤާއިމްކުރަން ބުރަކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށާ، އިސްލާމީ ޤައުމުތަކަށް ހަމަޖެހުން ހޯދާ ދިނުމަށް މި ސަރަހައްދުގައި އެންމެ ފުރިހަމައަށް މަސައްކަތް ކުރަނީ ޕާކިސްތާނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސިޔަސީގޮތުން ޕާކިސްތާނަށް ދިމާވާ ފިއްތުންތަކުން އަރައިގަތުމަށް ތުރުކީގެ އެހީތެރިކަން ލިބޭނެ ކަމަށާ، އިގްތިސާދު ކުރިއަރުވަން ޕާކިސްތާނުގައި މުހިއްމު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އުރުދުއާން ވިދާޅުވިއެވެ.
މީގެ އިތުރުން މަނީލޯންޑްރިން ފަދަ ކުށްތަކާއި ޓެރަރިޒަމްގެ މައްސަލަތަކުން އެ ޤައުމު ދުރުކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމަށް އުރުދުއާން ވިދާޅުވިއެވެ.
ﷲ އަކްބަރް !
މި ޤަޥްމުގެ ސަރުކާރު އޮތީ އިންޑިއާއާއި އެކު
ސާބަހޭ އުރްދުޣާން
ކަސްމީރު އަތުލަން އިންޑިޔައިން ހަގުރާމައެއް ކޮށްފިނަމަ އިންޑިޔާ ބަލިކޮށް އިންޑިޔާފަޅީގަ އޮންނަ ކަސްމީރު ބައި ޕާކިސްތާނު ފަޅިޔާ އެއްކުރުމަށްފަހު މިނިވަންދަވްލަތަކަށް ކަސްމީރު ހަދަންވާނެ.
???
މުސްލިމުން އެކަތިގަޑަވުމަށްގޮވާލަމެވެތުރުކީއާއެކުގަ