އިރާގުގެ ވެރިރަށް ބަޤްދާދުގައި ހުންނަ އެމެރިކާގެ އެމްބަސީ ކައިރިއަށް ރޮކެޓް ހަމަލާ ތަކެއް ދީފިއެވެ.
އެމެރިކާ އަދި އިރާގުގެ އަސްކަރީ ސިފައިން ބުނެފައިވަނީ ރޮކެޓް ހަމަލާ ދީފައިވަނީ އެހެން ގައުމުތަކުގެ އެމްބަސީ ތަކާއި އެހެން ގައުމުތަކުގެ ސަރުކާރުގެ އޮފީސްތައް ހުންނަ ގްރީން ޒޯނަކަށް ކަމަށެވެ. އަދި މިހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.
އެހެން ނަމަވެސް މިހާދިސާގައި ބައެއް މީހުންނަށް ކުދި އަނިޔާ ލިބިފައިވާ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.
އިރާގުގެ އަސްކަރީ ސިފައިން ބުނެފައިވަނީ 4 ރޮކެޓް ފޮނުވާލާފައިވާއިރު އޭގެ ތެރެއިން 3 ރޮކެޓް އައިސްފައިވަނީ ގްރީން ޒޯނަށް ކަމަށެވެ. އަދި އަނެއް ރޮކެޓް އަމާޒުވެފައިވަނީ ކައިރި ތަނަކަށް ކަމަށްވަނީ ބުނެފައެވެ.
އެފަރާތުން ވަނީ މި ހަމަލާއަކީ ހާޝް އަލް ޝާބީ ގްރޫޕުން ފޮނުވާފައިވާ ހަމަލާއެއް ކަމަށް ތުހުމަތު ކޮށްފައެވެ. މި ހަމަލާ އައިސްފައިވަނީ ހަރަކަތް އަލް ނުޖާބާ ގްރޫޕުން އެމެރިކާގެ ސިފައިން އިރާގުން ބާލަން ގަޑި ދީފައިވާ ވަގުތު ކޮޅެއްގައެވެ.
ހަމަލާތައް ގިނަވުމުގެ ސަބަބުން އިރާގުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ އެގައުމުގައި ތިބި އެމެރިކާ ސިފައިން އެގައުމުން ބޭރު ކުރުމަށް ނިންމާފައެވެ. އެގައުމުގައި އެމެރިކާގެ 5،000 އަށް ވުރެ ގިނަ ސިފައިން މިހާރު ހަރަކާތްތެރި ވަމުން ގެންދެއެވެ.
ހާޞް އަލް ޞާބީ އަކީ އެއް ލައްކަ ޞިއައީ ފައިޓަރުންގެ ފައު ޖެއް.. ހަނގުރާމައިގެ ތަމްރީނު ލިބިފައިވާ ވަރަށް ބާރުގަދަ ލަޞްކަރެއް މިމީހުން އުފެއްދީ އީރާނުގެ ރިވޮލިއުޟަނަރީ ގާޑުން...
ހާޟް އަލް ޞާބީ ހަނގުރާމަ ވެރިންނަކީ އިރާގު ގެ ތިބި އެމެރިކާގެ ހުރިހާ ބޭސް ތަކާ އެމަރިކާ ގެ ސިފައިން ފުނޑުފުނޑު ކޮށް ލެވޭ ވަރުގެ ވަރުގަދަ ލަޞްކަރެއް..
މި ގައުމުގެ ތަންދޮރު ނުދަންނަ މީހުން ގިނަކަމީ ޔަގީން ކަމެއް.. އީރާނުން އެމަރިކާ ގެ ބޭސް ތަކަށް ހަމަލާދިނީމާ ބުންޏޭ ގެއްލުމެއް ނުވެޔޭ.. އެންމެފަހުން އީރާނުން ވަނީ ސެޓަލައިޓު ފޮޓޯ ތައް މުޅި ދުނިޔެއަށް ދައްކާ އެމަރިކާ ފަޞީހަތް ކޮއްފަ.. އެ ފޮޓޯ ތަކުން އެނގޭ 3 ބަންކަރެއް އެއް ކޮށް ނައްތާލާ ފައި ވާކަން..ވަރަށް ބޮޑެތި ގެއްލުން ތަކެއް ލިބުނު... އެވަރު ވާއިރު އެމަރިކާ ސިފައިން މަރު ނުވެ ނުހުންނާނެ..
ހަމަލާ ދިނަކަސް ނުވާނެ އެމެރިކާ މީހުއްކޮޅު މަރާލާ.