ހޮންގކޮންގގުގައި ތިން މީހުންގެ ގްރޫޕަކުން ފާހަނާގައި ބޭނުން ކުރާ "ޓޮއިލެޓް ޕޭޕާ" ވަގަށް ނަގައިފިއެވެ.

މި ތިން މީހުން ވައްކަން ކޮށްފައިވަނީ ދުނިޔޭގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ނުރައްކާ މުޅި ދުނިޔޭގައި އޮއް ދަނޑިވަޅެއްގައެވެ. މީގެ ކުރިން އެގައުމުގެ ސަރުކާރުން ބުނެފައިވަނީ އެހެން ގައުމުތަކާއި ގުޅޭ ބޯޑަރު ބަންދު ކުރާނެ ކަމަށެވެ. އެގައުމުގެ މީހުންނަށް ވަނީ އެގޮތަށް ބޯޑަރު ބަންދު ކޮށްފިނަމަ ޒަރޫރީ ބޭނުމަށް ބޭނުންވާ ތަކެތި ލިބުމުގައި ދަތިތަކެއް ދިމާވާނެ ކަމަށް ބުނެފައެވެ.

ހޮންގކޮންގގެ ފުލުހުން ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން މިހާތަނަށް 2 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި މިހާރު ދަނީ އަނެއް މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

މި 3 މީހުން ވައްކަން ކޮށްފައިވަނީ ފިހާރައަކަށް އެ "ޓޮއިލެޓް ޕޭޕާ" ޑެލިވަރީ ކުރަން ދިޔަ މީހަކު އެތަކެތި ބޭރުގައި ބަހައްޓާފައި އެތެރެއަށް ވަން ގަޑީގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމީހުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ތެރޭގައި 600 ރޯލު ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، އެތަކެތި ހޯދަމުން ދަނިކޮށް ފެނިފައިވަނީ އެތަނުގެ ކައިރީގައި ހުރި ގެސްޓް ހައުސް އަކުން ކަމަށެވެ. އަދި އެ ދެމީހުން ހައްޔަރު ކޮށްފައިވަނީ އެތަނުންނެވެ.

މި މައްސަލަ ބަލަމުން އަންނަނީ ވައްކަމެއްގެ ގޮތުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.