ދުނިޔޭގެ ހަ ވަނައަށް އެންމެ ބޮޑު އިޤްތިޞާދަކީ އިންޑިޔާކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން ބުނެފިއެވެ.

އައި.އެމް.އެފްއިން މިހެން ބުނެފައިވަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑްގެ ވޯލްޑް އެކޮނޮމިކް އައުޓްލުކްގެ އޭޕްރިލް މަހުގެ ރިޕޯޓްގައެެވެ. މިރިޕޯޓްގައި ބުނެފައިވަނީ 2.6 ޓްރިލިއަން ޑޮލަރާއެކު، ކުރިން ހަވަނައިގައި އޮތް ފުރާސް އިންޑިޔާއިން ފަހަތަށް ޖައްސާލާ ދުނިޔޭގެ ހަ ވަނައަށް އެންމެބޮޑު އިޤްތިޞާދުގެ މަޤާމް އިންޑިޔާއިން ހޯދާފައިވާ ކަމަށެވެ.

މިހާރު މިލިސްޓްގައި އިންޑިޔާއަށްވުރެ ކުރީގައި އޮތީ އެމެރިކާ، ޗައިނާ، ޖަޕާން، ޖާރމަނީ އަދި އިނގެރޭސި ވިލާތެވެ. މިރިފޯޓްގައި އިންޑިޔާއަކީ ސައުތް އޭޝިޔާގެ އެންމެ ކުރިއަރަމުންދާ އެއް އިޤްތިޞާދުކަމުގައި ވަނީ ފާހަގަކޮށްފައެވެ.

އިންޑިޔާގެ އިޤްތިޞާގެ މައިގަނޑު އެއް ބިންގަލަކީ ދަނޑުވަރިކަމެވެ. އަދި މިއަހަރުގެ މޫސުން ރަނގަޅުވާނެކަމަށް އިންޑިޔާގެ މީޓްރޮލޮޖީއިން ބުނެފައިވުމުން މިއަހަރަކީ އިންޑިޔާގެ އިޤްތިޞާދު އިތުރަށް ކުރިޔަށް ދާނެ އަހަރެއް ކަމަށް އިންޑިޔާގެ އިޤްތިޞާދީ މާހިރުން ލަފާކުރެއެވެ. ދަނޑުވެރިކަމަކީ އިންޑިޔާާގެ އިޤްތިޞާދުގެ 15 އިންސައްތައެވެ.

އިންޑިޔާގެ އިޤްތިޞާދު ހަލުވިކަމާއެކު ކުރިއަރަމުންދިޔަ ނަމަވެސް، އިންޑިޔާގައި އާއްމުވަމުންދާ "ރޭޕް ކަލްޗަރ" ހުއްޓުވުމަށް އިންޑިޔާ ސަރުކާރުން މާބޮޑު ސަމާލުކަމެއް ދެމުން ނުދާތީ، އެޤައުމުގެ ސަރުކާރަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަހަށްދޭބަލަ

    ދުނިޔޭގެ ހަ ވަނައަށް އެންމެ ބޮޑު އިޤްތިޞާދަކަށް އިންޑިޔާ ވާނެ ކަމަށް އައިއެމްއެފް އިން ބުނި ނަމަވެަސް މަމެން އެކަމެއް ގަބޫލެއް ނުކުރާނަމޭ އިން އޮރިޖިނަލް އިންޑިއާ ފަގީރުވާނެއޭ ސައުތު އެފްރިކާ އަށް ވުރެން ވެސް އިންޑިއާ އުޅޭނީ ދުނިޔޭގެ 100 ވަނަ އިގްތިސާދާއި ހަމައިގައި. އައިއެމްއެފްގައި ތިބޭނީ އިންޑިއާ އާލާތުން އެހެންވީމާ އެއާލާތުން ނެރޭ ފޭކް ރިޕޯރޓްްސް ތައް ތިޔާއީ. މޮދީ މަހަށް ދޭބަލަ ދެން. މަަހަށް މަަހަށް މަހަށް ދޭބަލަ..