ޕާކިސްތާނުގައި 10 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރުމަށް ފަހު މަރާލައިފިއެވެ.

މަދީހާ ނަމަަކަށް ކިޔާ އެ އަންހެން ކުއްޖާ ރޭޕް ކުރުމަށްފަހު މަރާލާފައި އޮއްވާ ފެނުނީ، އެ ކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް މިދިޔަ އާދިއްތަ ދުވަހުއެވެ. މަދީހާ ގެއްލުނީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.

ސަރޯޚެލްގައި ހުންނަ ވިލެޖަކަށް އުފަން މާދީހާ ގޭގައި ހުއްޓާ ގެއްލުމާ އެކު، އާއިލާ އާއި އަވަށްޓެރިން މަދީހާ ހޯދުމުގެ މަސައްކަތް ފެށިއެވެ. މަދީހާގެ ފުރާނަ ނެތް މަސްގަނޑު ފެނުނީ، ޖަންގަލީގެ ތެރެއިން ކަމަށް ޕާކިސްތާނުގެ ނޫސްތައް ބުނެއެވެ.

މަދީހާގެ އުމުރާއި ގުޅޭގޮތުން އެކި ނޫސްތަކުގައި ވަނީ އެކި ގޮތަށެވެ. މާދީހާއަކީ އުމުރުން ހަތް އަހަރާއި ނުވަ އަހަރާއި ދެމެދުގެ ކުއްޖެއް ކަމަށްވެއެވެ.

މަދީހާގެ މަރާއެކު، އެތައް ބަޔަކު ވަނީ މަގުމައްޗަށް ނުކުމެ، މަދީހާއަށް އިންސާފު ހޯދުމަށް ގޮވާލައިފައެވެ. އަދި މީސް މީޑިއާގައި ވެސް މަދީހާއަށް އިންސާފު ހޯދުމަށް ގޮވާލާ ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ.

ގިނަބަޔަކު ގޮވަމުން ދަނީ، މަދީހާ ރޭޕް ކުރި މީހުން ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ. އެގޮތުން އެ ބަޔަކު ދަންޖައްސާ މެރުމަކީ އެމީހުންގެ ގޮވާލުމެވެ.

ދާދި ފަހުން ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި، ކުޑަކުދިން މަރާ މީހުން އާންމުންގެ ތެރޭގައި ދަން ޖެއްސުމަށް ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޣަނީ

  މުސްލިމް ގައުމުތަކުގަ ކުޑަކުދިންނަށް އަނިޔާކުރުން އިންތިހާ

  15
  7
 2. މޮޔައެނޮނިމަސް

  މޮޔަ ވާ ހަކަ ތީ އިންޑިޔާގަ ހިނގި ކަމެއް.މުސްލިމުން ބަދުނާމު ކުރަން ވެގެން ދެއްކި ވާ ހަކަ އެއް

  1
  11