ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާއި ގުޅޭ މައުލޫމާތު ގެނެސްދިން 3 ނޫސްވެރިއަކު ގައުމުން ބޭރު ކޮށްފިއެވެ.

އެގައުމުން ބޭރުކޮށްފައިވަނީ "ވޯލް ސްޓްރީޓް ޖާނަލް ރިޕޯޓަރުން" ކަމަށް ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ޗައިނާގެ ސަރުކާރުން ބުނެފައިވަނީ އެ ނޫސްވެރިން ބޭރު ކޮށްފައިވަނީ މިހާރު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްއާއި ގުޅިގެން ގެނެސްދީފައިވާ ރިޕޯޓަކާއި ގުޅިގެން ކަމަށެވެ. އެގޮތުން އެފަރާތުން އާއްމު ކޮށްފައިވާ ރިޕޯޓުގައި އެގައުމާއި ގުޅިގެން ގޯސް ވާހަކަ ހުރި ކަމަށް ވަނީ ބުނެފައެވެ.

"ޗައިނާއަކީ އޭޝިއާގެ އެންމެ ބަލި ފައި" މި ހެޑްލައިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓް އާއި ގުޅިގެން ސަރުކާރުން ބުނެފައިވަނީ އެގޮތަށް އެ ރިޕޯޓް އާއްމު ކުރުމުން ގައުމުގެ އިޤްތިސޯދު ހީނުކުރާ ވަރަށް ދަށަށް ގޮސްދާނެ ކަމަށެވެ.

އެ 3 ނޫސްވެރިން ގައުމުން ބޭރު ކުރުމުން ގިނަ ނޫސްވެރިން ވަނީ އެކަމާއި ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި ނޫސްވެރިންގެ މިނިވަންކަން ނަގާފައިވާ ކަން އެފަރާތުން ވަނީ ފާހަގަ ކޮށްފައެވެ.

މިއީ 1998 ވަނަ އަހަރު ފަހުން އެގައުމުން ބަޔަކު އެގޮތަށް ބޭރު ކުރި ފުރަތަމަ ފަހަރު ކަމަށް ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ. މީގެ ކުރިން އެގައުމުގައި ކޮރޯނާ ވައިރަސް އާއި ގުޅެގޮތުން މައުލޫމާތު ގެނެސްދިން ނޫސްވެރިއަކުވެސް ވަނީ ގެއްލިފައެވެ. މިހާރު އެގައުމުން ބުނެފައިވަނީ އެ ނޫސްވެރިޔާ ބަލި ޖެހިގެން ކަރަންޓީން ކޮށްފައިވާ ކަމަށެވެ.

ޗައިނާގެ ވުހާން ސިޓީން ފުރަތަމަ ފެނިފައިވާ މި ބަލީގ ސަބަބުން މިހާތަނަށް ބަލި ފެތުރިފައިވާ ގައުމުތަކުން ވަނީ 2،000 ވުރެ ގިނަ މީހުން މަރުވެފައެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ބުނެފައިވަނީ މި ބައްޔަށް ވެކްސިނެއް އުފެއްދި ފަރުވާ ދިނުމަށް 12 މަސް ނަގާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު