ޗައިނާއިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދެނީ އެ ގައުމުގެ ސިއްހަތައް ކަމަށާއި ގައުމަށް ލިބިފައިވާ އާލާތްތަކާއި ވަސީލަތްތަށް ބޭނުންކޮށްގެން އެ ގައުމުގައި އުފަން ވެފައިވާ ކޮރޯނާވައިރަސް އަށް ކާމިޔާބު ފިޔަވަޅުތަކެއް އަޅާފައިވާނެކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ.

ޝީ ވިދާޅުވީ ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށް ކާމިޔާބު ފިޔަވަޅުތަކެއް އަޅާފައިވާނޭކަމަށާއި ވައިރަހުގެ ސަބަބުން ޗައިނާއަށް ކުރިމަތިވެފައިވާ އުދަގޫ ވަގުތުގައި އިގިރޭސިވިލާތުން ދީފައިވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށެވެ. ޝީ މިހެން ވިދާޅުވީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ކޮންސަންއާ ފޯނުމެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެ އިތުރުންވެސް ޝީ ވަނީ ފަރަންސޭސިވިލާތުގެ ރައީސް އެމެނުއަލް މެހްރޯންއާ ވެސް ފޯނުން ގުޅުއްވައިގެން ވާހަކަފުޅުދައްކަވާފައެވެ. މެހްރޯންއާއި ވާހަކަދައްކަވަމުން ޝީ ވަނީ ކޮރޯނާ ވައިރަހާއި ދެކޮޅައް ކުރަމުންދާ ހަނގުރާމައިގައި ފުރިހަމަ ކާމިޔާބެއް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ވިދާޅުވެފައެވެ.

ޝީ ވިދާޅުވީ ޗައިނާގެ އިގްތިސާދައް ކުރާނެ އަސަރުތައް ކުޑަކުރުމަށް އެގައުމުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާނޭ ކަމަށާއި ޗައިނާއިން ގެންގުޅެނީ ދެފުއްފެންނަ ސިޔާސަތެއް ކަމަށެވެ.

ނިމިދިޔަ އަހަރުގެ ފަހުކޮޅުންފެށިގެން ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން އެ ގައުމުގެ އިގްތިސާދަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖޭޑް ޢައްބާސް

    މިގައުމުގައި އުޅޭ މީހާ ބަލަނީ ޑޮލަރަށް...

    4
    1
  2. ޔާމިން

    މިގައުމުގެ ރައީ ސް އާއި ރައީ ސް ގެ އަޢުވާނުން ބަލަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަށްވުރެ ބަޖެޓު ދަވާލެވޭތޯ.

    5
    1
  3. ބުއްޅަބެ

    ޔާމީނުގެ ކޮމެންޓަށް ތާއީދުކުރަން