ޖަރުމަނުގެ އަވަށެއް ކަމަށްވާ ހަނާއުގެ ދެ ޝީޝާ ލައުންޖެއްގައި ދިން ބަޑީގެ ހަމަލާތަކެއްގައި 9 މީހަކު މަރާލައިފިއެވެ.

މި ހާދިސާގައި އެ 9 މީހުން މަރާލާފައިވަނީ ޖަރުމަނުގެ އުމުރުން 43 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާއާއި ގުޅިގެން ޖަރުމަނުގެ ފުލުހުން ބުނެފައިވަނީ މަރުވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. މި ދެ ހާދިސާ ހިނގާފައިވަނީ ހަނާއުގެ ހެއުމާކެޓް އަދި ކާޓް-ޝުމަޝާ ޕްލެޓަސް ގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާގައި ތުހުމަތު ކުރެވޭ މީހާއާއި އޭނާގެ މަންމަވެސް މިހާރު މަރުވެފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އުމުރުން 43 އަހަރުގެ ފިރިހެން މީހާ އާއި އޭނާގެ މަންމަ މަރުވެފައިވާ އޮއްވާ ފެނިފައިވަނީ އެމީހުން ދިރިއުޅެމުން އަންނަ އިމާރާތުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީޑިއާތަކުން ބުނެފައިވަނީ މި ހާދިސާގައި ތުހުމަތު ކުރެވޭ މީހާ މަރުވުމުގެ ކުރިން ވަނީ ސިޓީއެއް ލިޔެފައި ވެއެވެ. ދި އެ ސީޓިގައި އޭނާ އެކަން ކުރި ކަމަށް ބުނެފައެވެ. މީގެ އިތުރުން ވީޑިއޯއެއް މެދުވެރިކޮށް އޭނާ އެކަން ކުރި ކަމަށް އިއުތިރާފް ވެފައި ކަމަށް މީޑިއާ ރިޕޯޓް ތައް ބުނެ އެވެ.

އޭނާ އެކަން ކޮށްފައިވަނީ ކޮން މަގްސަދެއްގައި ކަމެއް އަދި އެނގިފައެއް ނުވެއެވެ.

އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.