ދުނިޔޭގެ ބައެއް ގައުމުތަކުގައި ފެތުރެމުން އަންނަ ކޮވިޑް 19 ޖެހިގެން ދެކުނު ކޮރެއާއިން މީހަކު މަރުވެއްޖެ އެވެ.

ދެކުނު ކޮރެއާގެ ހެލްތް މިނިސްޓްރީން ވަނީ އެގައުމުން ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހިގެން މިހާކު މަރުވެފައިވާ ކަން ކަށަވަރު ކޮށްދީފައެވެ.

މިއީ އެގައުމުން ބަލި ޖެހިގެން މަރުވި ފުރަތަމަ މީހާ އެވެ. އެގައުމުން އެމީހާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ.

ދެކުނު ކޮރެއާއިން ކޮވިޑް-19 ޖެހިގެން މިހާތަނަށް ވަނީ 104 މީހަކު ރިޕޯޓް ކޮށްފައެވެ. އޭގެ ތެރެއިން މިއަދު އެކަނި ވަނީ 53 މީހަކު އެ ވައިރަސް އަށް ޕޮޒިޓިވް ވި ކަން އިއުލާނު ކޮށްފައެވެ.

ޗައިނާގެ ވުހާން ސިޓިން ފުރަތަމަ ފެތުރެން ފެށި ކޮވިޑް-19 ޖެހިގެން މިޙާތަނަށް ވަނީ ބަލި ޖެހިފައިވާ ގައުމުތަކުން 2،000 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނަ މިހުން މަރުވެފައިވަނީ ޗައިނާއިން ކަމަށް މީޑިއާ ރިޕޯޓް ތަކުން ވަނީ ބުނެފައެވެ

ކިޔުންތެރިންގެ ހިޔާލު