އިނގިރޭސިވިލާތުގެ ލަންޑަންގެ މިސްކިތެއްގެ އިމާމަކު ނަމާދަށް ހުއްޓާ އޭނާއަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

ލަންޑަންގެ ފުލުހުން ބުނީ ވަޅިން ހަމަލާ ދިނުމުން ޒަހަމް ވެފައި ވަނީ އުމުރުން 70 ގެ އަހަރުތައް ގުނަމުން އަންނަ މީހެއް ކަމަށެވެ. އޭނާގެ ހަށިގަނޑުގެ ވަރަށް ގިނަ ތަންތަނަށް ވަޅިން ހަމަލާ ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާގެ ފުރާނައަށް ނުރައްކާވާވަރުގެ ޒަހަމެއް ނެތް ކަމަށާއި ހޮސްޕިޓަލްގައި އޭނާ އަށް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މިހާދިސާ ހިނގާފައި ވަނީ ލަންޑަންގެ ރިޖެންޓް ޕާކްގައި ހުންނަ ލަންޑަން ސެންޓްރަލް މޮސްކްގައެވެ.

މި މިސްކިތަކީ ލަންޑަންގެ އެކި ސަރަހައްދުތަކުން ހާއްސަކޮށް ހުކުރު ދުވަހު މީހުން ޖަމާވާ މިސްކިތެކެވެ. ހުކުރު ނަމާދަށް މިމިސްކިތައް 5000 އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރެއެވެ. ވަޅީގެ ހަމަލާ ދިން އިރުވެސް މިސްކިތުގައި 300 ވަރަކަށް މީހުން ތިއްބެވެ.

މިސްކިތުގައި ތިބި މީހުން ވަނީ އިމާމަށް ހަމަލާ ދިން މީހާ ހިފަހައްޓާ ފުލުހުންނާއި ހަވާލުކޮށްފައެވެ.

ފުލުހުން ބުނީ އިމާމަށް އަމާޒުކޮށް ދިނީ ނިރުބުވެރި (ޓެރަރިސްޓް) ހަމަލާއެއްކަން އަދި ކަށަވަރު ނުވާކަމަށާއި އެކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

ލަންޑަންގައި ވަޅިން ހަމަލާދީ މީހުން މެރުން ފާއިތުވި ދެތިން އަހަރު ވަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބޯކިބާ

    އިނގިރޭސި މީހަކު ނުކުރާނެ ތިކަހަލަ ކަމެއް، އެމީހުންންގެ ސްކޫލުގަ ކިޔަވަދޭ ޓެކްސްޓްފޮތްތައް އެހާ ފުރިހަމަވެފަ އެމީހުންގެ އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމުކުރުން ހުރިހިސާބު މޮޅުކަމުން އެގޮތްތައް މިތާގައިވެސް ފަތުރަން އެތާ ދުވަސްކޮޅަކު އުޅުނު ދިވެހި ގުރޫޕެއް އުޅެނީ. ހެހެހެހެ.

    62
    2
  2. މަޒް

    ނިރުބަވެރި ވަނީ ކިހާވަރެއްވީމާތަ؟

    32
    1
  3. އަހުމަދު

    ތިވާނީ ބޯހަމަނުޖެހޭ މީހަކަށް !!!

    24
    1
  4. ޝޭހު

    ނިރުބަވެރީގެ މާނަ އެނގޭތަ؟؟ ތީގަ ކޯޗެއްތަ ބަލާ ކަށަވަރުކުރަން އޮތީ؟؟

    27
    2
  5. އަބޫ

    ނިރުބަ ވާނީ މުސްލިމުން ހަރުކަށިވާނީވެސް ހަމަ މުސްލިމުން ކެނެރީގޭ ކައިރިން އަހާލަންޖެހޭނީ އެ ގެންގުޅޭނެ ތިކަހަލަ ކަންތައް ބަލަން ބާގަނޑެއް

    11
    1
  6. ޞާބީ

    ކެނަރީ ސޮރު ވަރަށް އުފާވާނެ....

    10
    1
  7. ޢަންސާރު

    ދުނިޔެ މިދަނީ އާހިރަތާ ދިމާލަށް ﷲ ޔާ އަންސާރުލް މުޖާހިދީން ފީ ސަބީލި ﷲ

    10
    1
  8. ޙ

    ވަރަށް ހިތާމަވެރި.... އެ އަނިޔާވެރި އަމަލް ހިންގި މީހާ އަށް ހައްގު އަދަބް ދޭންޖެހޭނެ... އިމާމަށް އަވަސް ޝީފާއެއް ދެއްވާންދޭވެ. އާމީން...

    8
    1
  9. ކާޕެޓް ވަގު

    ދެން އަވަހަށް މަޖިލީހުން މަޢާފު އެދެންވީ....

  10. ނިއުމަތު

    ކާފަރަކު މީހަކަށް ވަޅިން، ބަޑިން ނުވަތަ ބޮންގޮށްވައިގެން ވިޔަސް ހަމަލާއެއް ދީފިއްޔާ އެނުވާނެ ޓެރަރިސްޓ ހަމަލާއަކަށް..