ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ނޮވެލް ކޮރޯނާވައިރަސް ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދިއްޖެ ކަމަށް އެމެރިކާގެ ޓެކްސްގެ ޖެނެޓިކް އިންޖިނިއަރިން ކުންފުންޏެއް ކަމަށްވާ "ގްރެފެކްސް" އިން ބުނެފިއެވެ.

"ގްރެފެކްސް" އިން "ހޮސްޓަން ބިޒްނަސް ޖާނަލް" އަށް މައުލޫމާތު ދެމުން ބުނީ އެކުންފުނިން އުފެއްދި ވެކްސިން ޖަނަވާރު ބޭނުން ކޮށްގެން ޓެސްޓް ކުރުމަށާއި އަދި އެމެރިކާގެ އިދާރާތަކުން ހޯދަން ޖެހޭ ހުއްދަތައް ހޯދުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވެފައިވާ ކަމަށެވެ. ވެކްސިނާއި ބެހޭ މައުލޫމާތު ވަރަށް އަވަހަށް އެމެރިކާގެ އިދާރާތަކަށް ހުށަހަޅާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދިއްޖެ ކަމަށް އެމެރިކާގެ ކުންފުންޏަކުން ބުނެފައި ވާއިރު އިނގިރޭސިވިލާތުގެ ސައިންސްވެރިންގެ ޓީމަކުން ވެސް ވަނީ ކޮވިޑް-19 އަށް ވެކްސިނެއް ޓެސްޓް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް ބުނެފައެވެ. އަދި އެމެރިކާގެ އޮސްޓިންގައި ހުންނަ ޔުނިވަސިޓީ އޮފް ޓެކްސަސް އިން ވެސް ވަނީ ވެކްސިނެއް ޓެސްޓް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް ބުނެފައެވެ.

ކޮވިޑް-19 ބޮޑުބިރަކަށްވެ، މުޅި ދުނިޔެއަށް ބަލީގެ ސަބަބުން އިޤުތިޞާދީ އެތައް ގެއްލުމެއް ވެސް ވަމުން ދިއުމާއި ގުޅިގެން ކޮވިޑް-19 އަށް އަވަހަށް ވެކްސިނެއް ނުވަތަ ބޭހެއް އުފެއްދުން ވަނީ މަޖުބޫރު ކަމަކަށް ވެފައެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ސައިންސްވެރިން ގެންދަނީ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް އެއްވެސް ހުއްޓުމެއް ނެތި ކުރަމުންނެވެ.

ވެކްސިނެއް އުފެއްދުމުގައި ސައިންސްވެރިން ކުރިއެރުންތައް ހޯދަމުން ދިޔަ ނަމަވެސް ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ވެކްސިނެއް އުފައްދާ ބޭނުން ކުރެވޭ ވަރުވާން 18 ވަރަކަށް މަސް ދުވަަސް ނަގާނެ ކަމަށެވެ.

ވެކްސިނެއް އުފެއްދިއްޖެ ކަން މިހާރު އިއުލާން ކޮށްފައިވާ "ގްރެފެކްސް" އިން އުފެއްދި ވެކްސިން ބޭނުން ކުރެވޭ ވަރުވާނެ ދުވަހެއް އެކުންފުނިން އަދި އިއުލާނެއް ނުކުރެއެވެ.

"ގްރެފެކްސް" އިން ބުނެފައި ވަނީ އެކުންފުނިން ވެކްސިން އުފެއްދުމުގައި ބޭނުން ކުރީ "އެޑެނޯވައިރަސް" ކަމަށެވެ. މިއީ މީގެ ކުރިން ބައެއް އެހެން ވެކްސިންތައް އުފެއްދުމަށް ވެސް ބޭނުން ކޮށްފައިވާ ވައިރަހެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މީނާ

    الحَمْدُ ِلله

    21
    2
  2. ކޮވިޑިއެމެރިކާ

    އެހެންތާ އެކަންވާނީވެސް އެއީ ކަލޭމެން އުފެއްދި ބަޔޮލޮޖިކަލް ވެޕަންއެއް.. މަޤުސަދަކީ ޗައިނާގެ އިޤްތިސާދު ފުނޑާލާ ކަލޭމެންނާ ވާދަކުރުން މަޑުޖަސްސާލާ އެއީން ފައިދާނެގުން.. ދެން ބިލިޔަނުން ފައިދާނަގާ ތި ވިއްކައިގެން. ތިޔަ ވައިރަސް ދޫކުރި އިރުވެސް ކަލޭމެން ތި ވެކްސިންގ ހުންނާނި ހަދާފަ.. އެހެން ނޫންނަމަ މިހާ އަވަހަށް ނުވަތަ އޭޕްރީލުގެ ކުރިޔަށް ވެކްސިނެއް ހޯދޭނެކަމަށް އެއްވެސް ބަޔަކު ނުބުނޭ މިހާތަނަކަށް..

    27
    3
  3. ޢަލިބެ

    މާތްﷲ ކޮންމެ ބައްޔަކަށްވެސް ޝިފާލިބޭނެ ބޭހެއް ދުނިޔޭގައި ވާނެކަމަށް ވަނީ އަންގަވާފައި. އިންސާނުން ޖެހޭނީ ހޯދަން. ވަރަށް އުފާވެރި ޚަބަރެއްމީ.

    35
    3
  4. މިއަދު

    ތިވެކުސިންޓެސްޓްކުރުން އެއްމެރަގަޅީ ޗައިނާގައި އެބަލިޖެހިގެން މަރުވާންދޫކޮށްލާފައިތިބި އިސާނުނަށް

    11
    8
  5. ކޮވިޑް

    ބޭސް ވެސް ހޯދިއްޖެ ކަމަށް ޗައިނާ ސައިންސް ވެރިން ބުނެފި!

    11
    1
  6. ޑރ. ރާމީ (އެންޑޯކްރައިނޮލޮޖިސްޓް/މައުންޓްސިނާއީ-ހޮސްޕިޓަލް/އެމެރިކާ)

    ގޫގަލް އިން ބެލުމަކީ ބަލިމީހާ އަށް ފައިދާ ބޮޑު ގޮތް. ޑޮކްޓަރު ގެ ފޮޓޯފުޅު، ބޭޒާރު ކުރުމުގެ ނިޔަތުގައި ޖެހި މީހާއަށް ގާނޫނުގައިވާ އެންމެ ބޮޑު އަދަބު ދިނުމަށް ގޮވާލަން. ނޫނީ އެހެން މިފަދަ މީހަކަށް ހިތްވަރު ލިބި، ދެން ފަހަރަކުން އެހެން ޑޮކްޓަރުން މިފަދަ ނޫނީ މިއަށް ވުރެ ބޮޑެތި ކަންކަމުން ސަލާމަތް ނުވުން އެކަށީގެންވޭ. ޑޮކްޓަރުން ގެ ސިކިއުރިޓީ ހޮސްޕިޓަލް ގެ އެތެރޭގައި ރަނގަޅު ކުރަން އެބަޖެހޭ. މިޒަމާނުގައި ޕާރޓޭން އަމަލުވެގެން ތިބޭ ހާލަތުގައި މީހުން މަރަނީ ފެންތައްޓެއް ބޯލާ ހާ ފަސޭހައިން. ރައީސް ނާސިރު ގެ ޒަމާނުގައި ހޮސްޕިޓަލް ގެ ބޭރުގައި ޔުނިފޯރމް އެޅި ސިފައިންގެ މީހަކު ބަޑި ހިފާފައި ފޯރިއަށް ހުރިތަން ކުޑައިރު ދެކުނިން.

    13
  7. Anonymous

    މުސްކުޅި ބަލި ފިޔަވާ ކޮންމެ ބައްޔަކަށް ވެސް ޝިފާ ވާކަމަށް ވަނީ އަންގައިވާފަ

    7
    2