އީރާނުން އިތުރު 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މި 13 މީހުންނާއެކު ކޮވިޑް 19 ޖެހިގެން އެ ގައުމުން ޖުމްލަ 18 މީހަކަށް ދަނީ ފަރުވާދެމުންނެވެ. އަދި އެގައުމުން މި ބަލި ޖެހުނު ދެ މީހަކު ވަނީ މަރުވެފައެވެ.

މީގެ އިތުރަށް ފާއިތުވެ ދިޔަ 24 ގަޑިިއިރު ޗައިނާއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 899އަށް އިތުރުވެފައެވެ.

މިއަދު ކުރިން ޗައިނާއިން ބުނީ 24 ގަޑިއިރު ތެރޭ ކޮވިޑް-19 ޖެހުނީ 411 މީހުންނަށް ކަމަށެވެ.

މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން އަދި މިހާތަނަށް ކޮވިޑް-19 ފެނުނީ އީރާން ފިޔަވައި މިސްރުން އެކަންޏެވެ.

މެދުއިރުމަތީގެ ގައުމުތަކަށާއި ދެކުނު އޭޝިއާ އަދި އެފްރިކާގެ ގައުމުތަކަށް ކޮވިޑް-19 ފެތުރިއްޖެނަމަ އެތައް މިލިއަން ބައެއްގެ ފުރާނަ އަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުން އަންނަނީ ދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކާސިމްބެ

    ޢަދިވެސް ވަބާ އެކޭ ބުނާކަށްނުވޭތަ!

  2. ހަގީގަތް

    އިރާން އަކީ ސީރިޔާގެ ކުށެއްނެތް މުސްލިމުން ޝަހީދު ކުރާ ބައެއް. އަނިޔާ ލިބިފައިވާ މުސްލިމުންގެ ދުއާ އިޖާބަކުރެއްވުން އަވަސް. ﷲގެ ކޯފާ އެކި ސިފަ ސިފަ ގައި އާދޭ

    • ތެދު

      ސިއައީން ނަކީ ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ދުޝްމިނުން... އެބަހީ އީރާން އަކީ ކާފަރުން ކަހަލަ ބައެއް. ޝިއައީން ނުދާނެ ސުވަރުގެ އަކަ ށް.

  3. ރަކިސް

    މިފަދަނުރައްކާބައްޔެއް ފެތުރެމުންދާއިރުވެސް..އަޅުގަނޑުމެން ހޭއަރަންނުވޭތޯ..

    • ހަޭ

      އީރާނަކީ މުސްލިމު ގައުމެއް ނޫންތަ؟ ޖީންސްލާ އަންހެނުންވެސް މާ ގިނައެއް ނޫން.

      1
      1
      • ވާނުވާ

        އިރާންގައި ގިނައީ ޝީއައީން. ﷲ އާއި ރަސޫލާ އަށް ތަބާވާނީ ސުންނީ މުސްލިމުން. ސުންނީ މުސްލިމުން ގަބޫލު ނުކުރާ އެތައްކަމެއް ޝީއައީން ގަބޫލު ކޮށް ކުރާނެ