ލުބްނާން އިން ކޮވިޑް-19 ފެނިފައިވާކަމަށް އެ ގައުމުގެ ހެލްތް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނީ، ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހާ ބިއުރޫތްގެ ރަފިކް ހަރިރި ޔުނިވާވިޓީ ހޮސްޕިޓަލްގައި ފަރުވާދެމުންދާކަން ހާމަކޮށްފައެވެ.

އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނީ، ކޮވިޑް 19 އަށް ޝައްކު ކުރެވޭ އިތުރު ދެ މީހެއްގެ ޓެސްޓުތައް ހަދާ ބަލަމުން އަންނަ ކަމަށެވެ.

އެ މިނިސްޓްރީން މިއަދު ބެއިރޫތްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ، ކޮވިޑް 19 ޖެހިފައި ވަނީ ލުބްނާންއަށް ނިސްބަތްވާ އުމުރުން 45 އަހަރުގެ އަންހެނަކަށެވެ. އަދި އޭނާއަކީ އީރާނުގެ ކޫމްއަށް ދަތުރު ކުރި މީހެއްކަމަށްވެސް ބުނެފައި ވެއެވެ.

އެ މީހާއަށް ފަރުވާދެމުންދާ ހޮސްޕިޓަލުން ބުނެފައި ވަނީ، އޭނާއަކީ އީރާނުން އައިއިރު، ހުރީ ވަރަށް ގަދަޔަށް ހުން އައިސްފައި ކަމަށާއި، އެހެން ނަމަވެސް އޭނާގެ ދިފާއީ ބާރު ރަނގަޅު ކަމަށެވެ. އަދި އޭނާގެ ހާލު ސްޓޭބަލް ކަމަށް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

އަދި އެ މީހާ ދަތުރުކުރި ފްލައިޓުން ދަތުރު ކުރި އެންމެން ސިއްހަތާއި ބެހޭ އޮތޯރިޓީން ގުޅާ މައުލޫމާތު ސާފްކޮށްފައިވާކަމަށް ހެލްތް މިިނިސްޓްރީން ބުނެފައި ވެއެވެ. އަދި އީރާނުން އެ ގައުމަށް އަންނަ މީހުންނަށް 14 ދުވަސް ވަންދެން ކަރަންޓީންކޮށްފައި ބޭތިއްބުމަށްވެސް ނިންމާފައިވާ ކަމަށެވެ.

އީރާނުން ކޮވިޑް 19 ޖެހުނު ފުރަތަަމަ މީހާ ފެނިފައި ވަނީ މިިދިޔަ ބުދަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު