ޖަޕާނުގައި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހިފައި ތިބި އެމެރިކާ މީހުން އެ ގައުމަށް ގެނައުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރުޅިގަދަ ވެއްޖެއެވެ.
ވޮޝިންޓަން ޕޯސްޓުން ބުނީ ޖަޕާނުގައި ތިބި، އެމެރިކާގެ 14 މީހަކަށް ކޮވިޑް-19 ޖެހުމާ ގުޅިގެން އެމީހުން އެނބުރި ގައުމަށް ގެނައުމުން ޓްރަމްޕް ހިތްހަމަނުޖެހިފައިވާ ކަމަށެވެ. ޓްރަމްޕް ވަނީ އެ ގައުމުގެ އެޑްވައިޒަރުންނަށް އެކަމާ ނުރުހުން ފާޅުކުރައްވައިފައެވެ.
މީގެ ކުރިން އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ޓްރަމްޕަށް ލަފާ ދެނީ ބައްޔަށް ޕޮޒިޓިވްވި މީހުން ގައުމަށް ނުގެނެސް، ކްރޫޒްޝިޕްގައި ކަރަންޓީން ކުރުމަށެވެ. ނަމަވެސް އެމެރިކާގެ ހެލްތް މިނިސްޓްރީން ހުރިހާ މީހުން އެނބުރި ގައުމަށް ގެނައީ ކަމަށްވެއެވެ.
ހެލްތުގެ މުވައްޒަފުން އެގޮތަށް ކަންތައް ކުރުމުން ޓްރަމްޕް ރުޅިގަދަވެ އެކަމުން ގައުމުގައި ދެން ތިބި މީހުންނަށް ލިބޭނެ ގެއްލުން ހިއްސާ ކުރެއްވިއެވެ. އަދި އެހެން މީހުންގެ ސަލާމަތަށް އެމެރިކާގެ 14 މީހުން ވަކިން ކަރަންޓީނު ކުރުމަށް އެމެރިކާ އިން ނިންމާފައިވާ ކަމަށެވެ.
ޖަޕާނުގައި ބަނދަރުކޮށްފައިވާ "ޑައިމަންޑް ޕްރިންސެސް" އިން މިހާތަނަށް ވަނީ 300 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ވަނީ ޖެހިފައެވެ. އޭގެ ތެރެއިން މިހާރު ދެ މީހަކު މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.
ޓުރަންޕް ބުނަންތަ ވާހަކައެއް.. މަރަކަށް ނުފިލޭނެ..
މަށަށް ރަގަޅީ މީނަޔަށް ކްރޯނާ ވައިރަސް ޖެހުނިއްޔާ! އޭރުން މީނަ ޖެހޭނެ އެމެރިކާއިން ބޭރުކޮށްލަން!