ކޮވިޑް-19 ޖެހިގެން އީރާނުގެ އިތުރު މީހަކު މަރުވެއްޖެ އެވެ.

މިިއީ އީރާނުގައި މި ބަލި ޖެހިގެން މަރުވު ފަސް ވަނަ މީހާ އެވެ.

އީރާނުގެ ހެލްތް މިނިސްޓްރީން ބުނީ، އެ ގައުމުގައި އިތުރު 10 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އަދި އެ ބަލިީގައި އިތުރު މީހަކުމަރުވެފައިވާ ކަމަށެވެ.

އީރާނުގައި މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 28 އަށް ވަނީ އަރާފައެވެ.

އީރާންގައި ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި 10މީހުންގެ ތެރެއިން އަށް މީހުންނަކީ ކޫމް އަށް ނިސްބަތްވާ މީހުންނެވެ. އެ މީހުންނަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. ދެން ތިބި ދެ މީހުންނަކީ ޓެހްރާންއަށް ނިސްބަތްވާ ދެ މީހުންނެވެ.

މި މީހުންގެ ހާލަތާއި ގުޅޭގޮތުން ހެލްތް މިނިސްޓްރީން އިތުރު މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

ކޮވިޑް 19 ޖެހިގެން ޗައިނާއިން މިއަދާއި ހަމައަށް މަރުވި މީހުންގެ އަދަދު މިހާރު ވަނީ 2350 އަށް އަރާފައެވެ. އަދި މިއަދާއި ހަމައަށް ވައިރަސް އަށް ޕޮސިޓިވް ވި މީހުންގެ އަދަދު ވަނީ 76،288 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަގީގަތް

    އިރާން އިން ސުންނީ މުސްލިމުންނަށް ކުރަމުންދާ އަނިޔާ ހުއްޓާލަންވީ ދެންވެސް. ﷲގެ ކޯފާއެއް ކަމުގައި ވެސް ވެދާނެ

    1
    1