އިންޑޮނޭޝިއާގެ ޔޮގްޔަކާޓާގައި ހިނގާދިޔަ ފެންބޮޑުވުމުގެ ހާދިސާގައި މަރުވި ދަރިވަރުންގެ އަދަދު އަށަކަށް އަރައިފިއެވެ. ފެންބޮޑުވުމުގެ ހާދިސާ ހިނގާފައިވަނީ 100 އަށް ވުރެ ގިނަ ދަރިވަރުންނާއި ޓީޗަރުން ހައިކިންގަށް ގޮސް އުޅެނިކޮށެވެ.

މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރި ވަމުން އަންނަ ފަރާތްތަކުން ބުނެފައިވަނީ މިހާތަނަށް 8 ދަރިވަރެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި އަދިވެސް އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

މިހާދިސާގައި 239 ދަރިވަރަކު ސަލާމަތް ކޮށްފައިވާއިރު، މި ހާދިސާގައި އެކި ވަރުގެ އަނިޔާ ލިބުނު 10 ދަރިވަރަކަށް މިހާރު ފަރުވާދީ ދޫކޮށްލާފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވަނީ ދަރިވަރުން ހައިކިންއަށް ދިޔައިރު މޫސުން ގޯސް ކަން އެނގިފައިނުވާ ކަމަށެވެ. އަދި ދަރިވަރުންނާއި އެކީ ދިޔަ ޓީޗަރު ބުނެފައިވަނީ އެމީހުން ފަރުބަދަ މަތިން ތިރިއަށް އައިއިރު ވާރޭ ނުވެހޭ ކަމަށާއި އެހެން ނަމަވެސް ބޮޑެތި ރާޅުތައް ފެނުނު ކަމަށެވެ.

ވާރޭ ވެހުމުގެ ސަބަބުން އިންޑޮނޭޝިއާގައި ފެންބޮޑުވުމުގެ ހާދިސާތައް ވަރަށް ގިނައިން ދިމާވެއެވެ. މީގެ އެންމެ ބޮޑު އެއް ސަބަބެއް ކަމުގައި ކަމާއި ބެހޭ ފަރާތްތަކުން ބުނެފައިވަނީ ފަރުބަދަތަކުގެ ކައިރީގައި މީހުން ދިރިއުޅޭތީއެެވެ. އެގޮތުން މިހާރު 169 ސަރަހައްދެއްގައި ފެންބޮޑުވެ 60 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ މަރުވެފައެވެ.