އިސްރާއީލްގައި ވަރަށް ބޮޑަށް ނޮވެލް ކޮރޯނާވައިރަސް ކޮވިޑް-19 ފެތުރިފައި އޮވެދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.

އިސްރާއީލްގައި ކޮވިޑް-19 ފެތުރިފައި އޮވެދާނެ ކަމުގެ ބިރު ބޮޑުވެފައި ވަނީ އިސްރާއީލްގައި ދުވަސްތަކެއް ހޭދަކުރުމަށް ފަހު ދެކުނު ކޮރެއާއަށް ދިޔަ ދެކުނު ކޮރެއާގެ ނުވަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވުމުންނެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެކުނު ކޮރެއާގެ ނުވަ މީހުން އިސްރާއީލަށް ދިޔައީ ފެބްރުއަރީ މަހުގެ 08 ވަނަ ދުވަހު އެވެ. އެމީހުން އެނބުރި ގައުމަށް ދިޔައީ ފެބްރުއަރީ 15 ވަނަ ދުވަހު އެވެ.

އިސްރާއީލްގެ ހެލްތު މިނިސްޓްރީން ވަނީ ކޮރެއާ މީހުންނާއި ބައްދަލުވި އެއްވެސް މީހަކުގެ ގައިން ބަލީގެ އަލާމާތެއް ނުފެނުނު ނަމަވެސް މަދުވެގެން 14 ދުވަހު އެހެން މީހުންގެ ތެރެއަށް ނުނިކުމެ، އަމިއްލައަށް ކަރަންޓީން ވެގެން ތިބުމަށް އިލްތިމާސް ކޮށްފައެވެ.

ދެކުނު ކޮރެއާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ނުވަ މީހުންނަކީ އިސްރާއީލަށް ދަތުރުކުރި ދެކުނު ކޮރެއާގެ 77 މީހުންގެ މައްޗަށް އެކުލެވޭ ގްރޫޕެއްގައި ހިމެނޭ ބައެކެވެ. އެމީހުން ވަނީ އިސްރާއީލްގެ ގިނަ ސަރަހައްދުތަކަކަށް ޒިޔާރަތް ކޮށްފައެވެ. އޭގެ ތެރޭގައި ނެތަންޔާ، ކައެސާރިއާ، ނަޒަރެތު، ގަލީލީ އަވަށުގައި އޮންނަ ޑެޑް ސީގެ އައްސޭރިފަށް ހިމެނެއެވެ. މީގެ އިތުރުން ގުދުސް އަށާއި ހުޅަނގު އައްސޭރިއަށް ވެސް އެމީހުން ޒިޔާރަތް ކުރިއެވެ.

ނަމަވެސް ފަތުރުވެރިންނާއި ފަލަސްތީން ރައްޔިތުންނަށް ބައްދަލު ކުރުމުގެ ފުރުސަތު ހަނިކޮށްފައި އޮންނާތީ މިއިން އެއްވެސް މީހަކަށް ފަލަސްތީން ރައްޔިތަކާއި ބައްދަލުވިކަމަކަށް ލަފައެއް ނުކުރެއެވެ.

މިހާރު އިސްރާއީލުން ވަނީ އެމީހުންނަށް ޚިދުމަތް ދިން ހޮޓާތަކުގެ މުވައްޒަފުން ކަރަންޓީން ކޮށްފައެވެ. އަދި ޗާޗްތަކުން އެމީހުންނާއި ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ދެކުނު ކޮރެއާ އިން މިހާތަނަށް ދެ މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. މިހާރު ވެސް އެގައުމުން ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 17 މީހެއްގެ ހާލު ސީރިއަސްއެވެ.

މިހާތަނަށް 29 ގައުމަކުން ކޮވިޑް-19 ޖެހިފައިވާ މީހުން ފެނިފައި ވެއެވެ. ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 78000 އަށް ވުރެ މައްޗަށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޔާމިން

    އުފާވެރި ހަބަރެއް. ތި ކޮވިޑް 19 ވައިރަސްޖެހިގެން މުޅި އިސްރާއީލް ހަލާއްކުވެ ދާނަ މަ ކިހާރަގަޅު.

    74
    8
  2. ޣަނީ

    އިސްރާއީލުގެ އާބާދީގެ 21 އިންސައްތައަކީ އަރަބިން އެހެންވެ އިސްރާއީލަށް މިކަހަލަ ކަމެއް ކުރިމަތިވުމުން އުފާވާނެ ކަމެއް ނެތް.

    12
    27
    • ރަނގަޅު

      އިސްރާއީލް އަކީ މާތް ﷲ ލައުނަތް ލައްވާފައިވާ ބައެއް.. އެ މީހުންނަކީ ސީދާ ނަރަކައިގެ އަލިފާނައް ވަންނާނެ ބައެއް ކަން ކީރިތި ޤުރުއާން ގައި ސަރީހަ އިބާރާތުން އެބައޮތް.. ލަދެއް ނުގަނޭތަ އެ މީހުންނަށް ހެޔޮ ދުޢާ ކުރަން..

      43
      2
    • އަބްދުއްލަޠީފު

      ޢަރަބި އިސްރާއީލުގެ މީހުންނަކީ މުސްލިމުންބާ؟

      10
      2
  3. މޯދީ

    މަކަރުވެރިކަމުން ދައްކާވާހަކަ، މިވައިރަސް ފެތުރުމުގެ އަޑިގަތިބީ ކޮންބައެއްކަން އަހަރުމެންނަށްއެނގޭ

    26
    5
  4. މީީީީހާ

    އެހެންޏާ ފަހެ އެހާވަރަށް އެބަ ބަދު ދުއާ ކުރެޔޭ އުޅެފަ އަނގަނުދޮވެ ތިބެ.

    12
    3
  5. އަލީ

    ހެޕީ. ދެން ރިޕުލައި ކުރާނެކަމެއް ނެތް މަށަށް އިންސާނިއްޔަތު ކަން ކިޔައި ދޭން..

    26
    1
  6. ތުމްސޭ

    އިސްލާ މީ ހަރުކަށި ފިކުރުގެ ބަޔަކު ކުރި ކަ މެކޭ ކިޔައި މުސްލި މުން ބޮލުގައި ނާޅުވާތަ؟ އައިސިސް އިން އިސް ނަގައިގެން ހަވާލު ނުވޭތަ؟ ހަ މަ އަހާލީ އިނގޭ!

    9
    1
    • އައިސސ

      އައިސިސް އަށް އެނގޭނީ ފަނާ ކުރަން. ވައިރަސް އުފައްދާކަށް އެއަށް ފަރުވާއެއް ހޯދާކަށް ނޫން.

      4
      1