މިހާރު އީރާނުގައިވެސް ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ޖެހިގެން އެ ގައުމުން އިތުރު މީހަކު މަރުވެއްޖެއެވެ.

މިހާތާނަށް އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 7 އަށް އަރާފައެވެ.

ކޮވިޑް19 ޖެހިގެން އެންމެ ފަހުން މަރުވެފައި ވަނީ ޓެހްރާން އިން ޓޮނެކަބޮން އަށް ދަތުރު ކުރި މީހެއްްކަމަށް އެ ގައުމުގެ ސިއްހަތާއި ބެހޭ މިނިސްޓްރީން މައުލޫމާތު ދެއެވެ.

އީރާނާއި ދެކުނު ކޮރެއާގައި ހަލުވިކަމާއި އެކު ކޮވިޑް-19 މިހާރު ފެތުރެމުން ދާތީ ބިރުވެރިކަން ވަނީ އިތުރުވެފައެވެ.

އީރާނާއި ބޯޑަރު ހިއްސާ ކުރަމުން އަންނަ ކުވައިތާއި އިރާޤުން މިހާރު ވަނީ ބަލި ފެތުރިދާނެތީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

މެދުއިރުމަތީގެ ގައުމުތައް ކަމަށްވާ ލުުބުނާނާއި، އިސްރާއީލުން ވެސް މިހާރު ވަނީ ކޮވިޑް-19 ފެނިފައެވެ. އެހެންކަމުން މެދުއިރުމަތީގައި ބަލި އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދަނީ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަގީގަތް

    ދެން ވެސް ސީރިޔާގެ މުސްލިމުންނަށް އިރާން އިންދޭ އަނިޔާ ތައް ހުއްޓާލަން ނުވޭތަ؟ އަނިޔާ ލިބިފައި އެވާ މުސްލިމުން ހާދަ ދުއާ އެއް ކުރާނެ އޭ. ﷲގެ ކޯފާ އެއް ކަމުގައި ވެސް ވެދާނެ