ފަލަސްތީނުގެ ޣައްޒާ އަށް އަމާޒުކޮށް އިސްރާއީލުން ވައިގެ ހަމަލާތަކެއް ރޭ ދީފިއެވެ.

އިސްރާއީލް އިން ވަނީ ފަލަސްތީނުގެ އިތުރުން ސީރިއާގެ ވެރިރަށް ދި މިޝްކް އަށް ވެސް ހަމަލަތަކެއް ދީފައެވެ.

އިސްރާއީލް އިން ބުނީ ވައިގެ ހަމަލާތައް ދިނީ ޣައްޒާ އިން އިސްވެ ރޮކެޓް ހަމަލާ ދިނުމުގެ ސަބަބުން ކަމަށެވެ. އިސްރާއީލް އިން ތުހުމަތު ކުރާ ގޮތުގައި ޣައްޒާއަށް ހަމަލާ ދިން މި ސަރަހައްދަކީ ސީރިއާގައި އޮޕަރޭޝަންތައް ހިންގަން އިސްލާމިކް ޖިހާދު ގޮފިން ހަމަޖައްސާފައިވާ ސަރަހައްދެވެ.

މިކަމާއި ގުޅިގެން ސިރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްއިން ބުނީ އިސްރާއީލް އިން ވައިގެ ހަމަލާތައް ދީފައިވަނީ ދި މިޝްކުގެ ބައިނަލް އަގްވާމީ ވައިގެ ބަނދަރާ ވަރަށް ކައިރިން ކަމަށެވެ.

ސީރިއާގެ ހަބަރު ފަތުރާ މީޑިއާތަކުން ބުނީ އިސްރާއީލްގެ މި ހަމަލާ ވައިގެ ބަނދަރަށް އަމާޒުވެފައި ނުވާ ކަމަށާއި އިދިކޮޅު ފަރާތްތަކުން ހަމަލާތަކުން ދިފާއު ހޯދާފައިވާ ކަމަށެވެ.

އިސްރާއީލް އިން ވައިގެ މަގުން ދޭ މިފަދަ ހަމަލާތަކަށް އެ ގައުމުން އިއުތިރާފް ވަނީ ވަރަށް މަދުންނެވެ.

މީގެ އިތުރުން އިސްރާއީލް އިން ދިން މި ހަމަލާތަކުގައި ފަސް މީހުން ޒަހަމްވި އިރު، އެމީހުންނާ ބެހޭ އިތުރު ތަފްސީލެއް އަދި ޒަހަމްވި މީހުންގެ މައުލޫމާތެއްވެސް އެ ގައުމުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހޫނު

    އިސްރާއީލު އުޅެނީ އީރާން ދެކެ ބިރުން ގޮތް ހުސްވެފަ.. ހިޒްބުﷲ ޖަ މާއަތަކީ ލުބުނާން ކޮންޓްރޯލް ކުރާ އަސްކަރިއްޔާއެއް..އީރާނުން އުފެއްދި...އިސްރާއީލާއީ ހިޒްބުﷲ 2006 ގެ ކުރި ހަނގުރާމަ މާގައި އިސްރާއީލް ތަރަތަރަ ޖަހާ ރުއި ހަދާން މައެބަވޭ..

    3
    1
  2. ޣަނީ

    އިސްރާއީލަށް އެގައުމުގެ ރައްޔިތުން ދިފާއުކުރުމުގެ ހައްގު ލިބިގެންވޭ

    1
    12
    • Anonymous

      އިސްރާއީލާއި އޭގެ "ރައްޔިތުން" ނަކީ ފަލަސްތީނުގެ ބިން ފޭރިގަނެ، މުސްލިމުންނާއި ޔަހޫދި ނޫން ގިނަ ބަޔަކު ކަތިލައި، ބާކީ ތިބި މީހުން ފައްސައި ވަޒަންވެރިވި ބަޔެކެވެ. އެމީހުން ބޭނުން ވަނީ އަލް އަގްސާ މިސްކިތް ތަޅާލައި ފައްޅިއެއް އެތަނުގައި އަޅާށެވެ. ކަލޭ ރަނގަޅަށް ދިރާސާ ކުރީމައި އިނގޭނެ.

      3
      1
    • ބަނީ

      ސުކޫލު ތަކަށް ހަމާލާދީ ކުޑަކުދިން މެރުމުގެ ހައްގުވެސް ލިބިގެން ވޭތަ؟

      3
      1
  3. Anonymous

    ޔާﷲ! ފަލަސްތީނުގެ ނިކަމެތި މުސްލިމުންނާސް ނަސްރު ދެއްވާންދޭ! އަދި އިސްރާއީލާއި ޒަޔަނިސްޓުން ނެތި ހަލާކު ކުރައްވާންދޭ!

    7
    1
  4. ވިސްނާ

    މާތް ﷲ ލައުނަތް ލައްވާފައިވާ އިސްރާއީލު..ދިފާޢުގައި ބަސްބުނާ މީހާ އަ ކީ ފުރިހަމަ މުސްލިމަކަށް ނުވާނެ...އީސްރާއީލް ދިފާއު ކުރުން އެއީ ކީރިތި ޤުރުއާން ގަބޫލު ނު ކުރުން ފަދަ.

    7
    1