ރޭޕްެެގެ މައްސަލަތައް އެންމެ ގިނަ އިންޑިއާގައި އަށް މަހުގެ ކުއްޖެއް ރޭޕްކޮށް މަރާލައިިފިއެވެ.

އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، މި ތުއްތު ކުއްޖާ ރޭޕްކޮށް މަރާލާފައި ވަނީ އެ ކުއްޖާގެ އާއިލާއާ ގުޅުންހުރި މީހެކެެވެ.

ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މި ތުއްތު ކުއްޖާ ރޭޕްކޮށްފައި ވަނީ މައިންބަފައިންނާއެކު ނިދާފައި އޮއްވާ ކޮނޑުމައްޗަށް ލައިގެން ތަންކޮޅެއް ދުރު ހިސާބެއްގައި ހުރި އިމާރާތަކަށް ގެންގޮސްގެންނެވެ. މި ކުއްޖާ ރޭޕްކޮށް މަރާލާފައި ވަނީ އުމުރުން 21 އަހަރުގެ މީހެކެވެ.

،މި ކުއްޖާ މަރާލާ ތަން ވަރަށް ރީތިކޮށް ސީސީޓީވީ ފޫޓޭޖުން ފެނެއެވެ. މަރާލާފައި އޮތް މި ކުއްޖާ ފެނިފައި ވަނީ މި ކުއްޖާ މަރާލި ހިސާބުގައި ހުންނަ ފިހާރައެއްގައި މަސައްކަތް ކުރާ މީހަކަށެވެ. ރިޕޯޓްތައް ބުނާގޮތުގައި، މި ކުއްޖާއަށް ވަރަށް ބޮޑަށް ވަނީ އަނިޔާކޮށްފައެވެ. ބެލެވޭގޮތުގައި، އެ ކުއްޖާ ރޭޕް ކުރުމަށްފަހު ބިންމައްޗަށް އެއްލާލީއެވެ.

ފުލުހުން މިހާރު ދަނީ އެ މީހާ ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކުރަފަތް

    ތިއީ އިންޑިއާ މީހުންގެ އިޙްތިރާމާއި ލޯތްބާއި 'ތިބީންނަށް ހެޔޮ އެދޭވަރު. ދެން އެހެން ޤައުމެއްގެ މީހަކަށް ދެކޭނީ ކޮންފަދައަކުންބާ؟؟؟؟؟؟؟؟؟؟؟

  2. ދެރަ
  3. ޖ

    ޚަމަކުވާ ތަންކޮލެއް ބޮޑުވަރު

  4. ބިޒީ

    އިންޑިޔާ ގަ ވެއްޖެނު، ހެޔޮ އަގުގަ ހަށިވިއްކާ ތަން ތަން 24 ގަޑި އިރު ހުޅުވަން، ރޭޕް ކުރުން ހައްލުވާނެ ކަމައްފެނޭ

  5. ސަޒުނާ

    ތީ ބޮޑުވަރު. މީބޮޑުވަރު.

  6. ހުސޭނުބޭ

    ފިލްމުބެލުމާއި ރޭޕްކުރުމަކީ އިންޑިޔާ މީހުން މުނިފޫހިފިލުވުމަށް ކޮށްއުޅޭ ދެކަންތައްތައް

  7. ނެރު

    އިންޑިއާގަ މިއުޅޭ ބައެއް މީހުންނެކޭ ވަޅު ޖަނަވާރުން ނެކޭ ތަފާތެއްނެތެއްނު

  8. އ

    ޔާﷲ

  9. އަންތަރީސް

    ބަލަ ރޭޕް ކުރާކަށް ކުޑައެއް ބޮޑެއް ނޯވޭދޯ؟؟ ހެޔޮވާނީ ކިހިނެތް އެންމެ 8 މަހުގެ ތުއްތު ތުއްތު ކުއްޖެއް ވިއްޔާ މަރާލީ!! މިހާރު ހުންނާނެ އެދުން ފުދިފަ!! އުމުރުގެ ބާކީ ބައި ހޭދަކޮށްލާ ޖަލުގެ ތޭރިތަކުގެ ތެރޭގައި!!

  10. ޝަޒީން

    މީދެން ބޮޑުވަރު އެތަނުގަ ބޮޑެތި އަންހެނުން ހުސްވީތަ