އަފްގާނިސްތާނުންވެސް ކޮވިޑް19 ފެނިފައިވާކަަމަށް އެ ގައުމުގެ ސިއްހަތާއި ބެހޭ މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް19 ފެނިފައި ވަނީ، އަފްގާނިސްތާނުގެ ހެރަތް ޕްރޮވިންސްއިންނެވެ.

އެ ގައުމުގައި ތިން މީހަކު ކޮވިޑް19 އަށް ޝައްކުކުރެވިގެން ފަރުވާދެމުން ދެއެެވެ. އެ މިހުންނަކީ ހެރާތްގައި ދިރިއުޅެމުން އަންނަ ބައެއް ކަމަށާއި، އެ މީހުންނަނީ ވަރަށް ފަހުން އީރާނަށް ދަތުރު ކުރި ބައެއް ކަމަށް ވެއެވެ.

"ޓެސްޓުތައް ހެދުމަށްފަހު އަޅުގަނޑުމެންނަށް އެނގުނީ އޭގެ ތެރެއިން އެކަކު ކޮވިޑް19 އަށް ޕޮޒޮޓިވްވެފައިވާކަން އެ މީހުންނަކީ އީރާނުގެ ކޫމްސިޓީން އައި ބައެއް:،

އެ ޕްރޮވިންސްގައި މިހާރު ވަނީ އެމާޖެންސީ އިއުލާނުކޮށްފައެވެ.

ޗައިނާގެ އިތުރުން މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑް-19 މަރުވެފައި ވަނީ އީރާނުންނެވެ. އެގައުމުން 08 މީހަކު ވަނީ މަރުވެފައެވެ. އަދި ދެކުނު ކޮރެއާ އިން ހަތް މީހުން މަރުވެފައި ވާއިރު ޖަޕާނުން ވަނީ ހަތަރު މީހަކު މަރުވެފައެވެ. އަދި އިތުރު ގައުމުތަކުންވެސް މި ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.